.png)
ޖަލްސާ ބޭއްވިތަން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 13 އޮކްޓޯބަރ 2022
ޖަލްސާ ފެށި ގަޑ: 10:30
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 36 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 36 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
އެޖެންޑާ އައިޓަމް 3
ދިރިއުޅުން ނޫން ބޭނުންތަކަށް ދޫކުރާ ބިމުގެ އަގު ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ދިރިއުޅުން ނޫން ބޭނުންތަކަށް ދޫކުރާ ބިމުގެ އަގު ކަނޑައެޅުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން މި ރަށުގެ ބިމުގެ ކުލިއަކީ އެންމެ ދައްވެގެން 50 ލާރިއެވެ. އެލް.ޖީ.އޭ އިން ކަނޑައަޅާފައިވާ ގޮތަށް ބިމުގެ ކުލި ބޭންދުމާއިމެދު މަޝްވަރާކުރެވުނެއެވެ. އަދި ބިމުގެ އަގު ކަނޑައެޅުމާއި ބެހޭގޮތުން އުސޫލެއް ހެދުމަށް ކައުންސިލް މެމްބަރ އައްބާސާ ވަނީ ހުށަހަޅާފައެވެ. އެގޮތުން ބިމުގެ ކުލި ސަރުކާރުން ކަނޑައަޅާފައިޥާ އަދަދާއިމެދު ހުރިހާ މެމްބަރުންވެސް ތާއިދު ކުރައްވާފައިވެއެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 4
އަތޮޅު ޤުރުއާން މުބާރާތަށް ހޮވިފައިވާ ކުދިންގެ ތެރެއިން އެތްލެޓިކްސް މުބާރާތައް ދާކުދިން ތިނަދޫއިން ވިލިގިއްޔަށްކުރާ ދަތުރު ހަމަޖައްސައިދިނުމަށް އެދި އެކުދިންގެ ބެލެނިވެރިން ކައުންސިލާ ބައްދަލުކުރުމަށް އެދިފައިވާތީ އެކަމާގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
އަތޮޅު ޤުރުއާން މުބާރާތަށް ހޮވިފައިވާ ކުދިންގެ ތެރެއިން އެތްލެޓިކްސް މުބާރާތައް ދާކުދިން ތިނަދޫއިން ވިލިގިއްޔަށްކުރާ ދަތުރު ހަމަޖައްސައިދިނުމަށް އެދި އެކުދިންގެ ބެލެނިވެރިން ކައުންސިލާ ބައްދަލުކުރުމަށް އެދިފައިވާތީ އެކަމާގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން 30 އޮކްޓޯބަރ 2022 ވާ ދުވަހު ޤުރްއާން މުބާރާތުގައި ބައިވެރިވާ ކުދިން އަތޮޅު ކައުންސިލް އިން ކުދިން ވިލިގިޔައް ގެންދިއުމުގެ ދަތުރު ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އަތޮޅު ކައުންސިލުން ދަތުރު ހަމަނުޖެއްސޭ ހާލަތުގައި ކައުންސިލް އިން ދަތުރުގެ ހުރިހާ ކަމެއް ހަމަޖެއްސުމަށް ހުރިހާ މެމްބަރުން ވަނީ ތާއިދުކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 5
ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތާއި އަދި ގއ. ވިލިގިލީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރްއާން މުބާރާތައް ކައުންސިލް މެމްބަރުން ދިއުމާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
ކައުންސިލްގެ ނައިބުރައީސް އިބްރާހިމް ޙުސައިން ތިނަދޫގައި އޮންނަ މުބާރާތުގައި ކައުންސިލް އިން ރަސްމީކޮށް 21 އޮކްޓޯބަރ 2022 އިން 29 އޮކްޓޯބަރ 2022 އަށް ބައިވެރިވުމަށާއި އަދި ކައުންސިލް މެމްބަރު އައްބާސާ އަދި ސިމާހު ވިލިގިލީގައި އޮންނަ ޤުރްއާން މުބާރާތުގައި 26 އޮކްޓޯބަރ 2022 އިން 30 އޮކްޓޯބަރ 2022 އަށް ކައުންސިލްގެ ފަރާތުން ރަސްމީކޮށް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 6
ސުކޫލް ކުދިންނަށް އަމާޒުކޮށްގެން ޤުރްއާން ކުލާހެއް ހިންގުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ސުކޫލް ކުދިންނަށް އަމާޒުކޮށްގެން ޤުރްއާން ކުލާހެއް ހިންގުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ބޮޑެތި މީހުންނަށް ކުރިއަށް ގެންދާ ޤުރްއާން ކުލާހުގައި ކިޔަވަދޭ މުދައްރިސް ކުދިންނަށް ކިޔަވަދޭ ގޮތަށް ދުވާލަކު 1 ގަޑިއިރު ނުވަތަ 2 ގަޑިއިރުގެ ކުލާހެއް ނެގުމާއިމެދު މަޝްވަރާކުރެވުނެއެވެ. އަދި ކުދިން ރަޖިސްޓްރީ ކުރުމަށް ޕޯލް އެއް ހެދުމާއި ބެހޭގޮތުން ވާހަކަ ދެއްކުނެވެ. ސުކޫލް ކުދިންނަށް އަމާޒުކޮށްގެން ޤުރްއާން ކުލާހެއް ހިންގުމާއި ބެހޭގޮތުން ހުރިހާ މެމްބަރުން ވަނީ ތާއިދުކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 7
ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތާއި އަދި ގއ. ވިލިގިލީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރްއާން މުބާރާތުގައި ބައިވެރިވާ ކުދިންނާއި ބެލެނެވެރިންނާއި ކައުންސިލް ފަރާތުން ބައްދަލުކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެތްލެޓިކްސް މުބާރާތާއި އަދި ގއ. ވިލިގިލީ ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރްއާން މުބާރާތުގައި ބައިވެރިވާ ކުދިންނާއި ބެލެނެވެރިންނާއި ކައުންސިލް ފަރާތުން ބައްދަލުކުރެއްވުމާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން ނިންމާފައިވަނީ ކުދިންނަށް ހިއްވަރު ދިނުމުގެ ގޮތުން ރިފްރެޝް މެންޓަކާއި އެކީ ބުދަ ދުވަހުގެ ގަޑިއެއްގައި ބައިވެރިވާ ކުދިނަންނާއި ބެލެނެވެރިންނާއި އެކު ބައްދަލުކުރުމަށެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
ޖަލްސާގައި ބައިވެރިވި ފަރާތްތައް
ނަން |
|
|
|
|
13 އޮކްޓޫބަރ 2022