ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 03 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 03/2025/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 21 ޖެނުއަރީ 2025
ޖަލްސާ ފެށި ގަޑ: 08:45
ޖަލްސާ ނިމުނު ގަޑި: 09:45
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ގުލްޒާރުވާދީ ރަޖިސްޓްރީ ހެދުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ގުލްޒާރުވާދީ ރަޖިސްޓްރީ ހެދުމަށް ބޭނުންވާ ލިޔަކިއުންތަށް ހޯދުމަށްފަހު ހައުސިން މިނިސްޓްރީއަށް ލަފާއެއް ހޯދުމަށް ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ހެލްތު ޕްރޮޓެކްޝަން އެޖެންސީ ސަރކިއުލަރ ދުންފަތް ކޮށްޓްރޯލް ކުރުމާއި ބެހޭ ޤާނޫނު ތަންފީޛު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރާނެ މީހަކު މިއިދާރައިން ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނު ތަންފީޛު ކުރުމުގައި ކުރަށްޖެހޭ މަސައްކަތް ކުރުމަށް މި އިދާރާއިން ކައުންސިލްގެ ރައީސް ތާރިޤް އަފީފް ކަނޑައެޅުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
މުވަށްޒަފުނަށް ޚާއްސަކޮށްގެން ދިވެހި ބަހުގެ ޕްރޮގުރާމެއް ހިންގުން
މުވަށްޒަފުންނަށް ޚާއްސަކޮށްގެން ދިވެހި ބަހުގެ ޕްރޮގުރާމެއް ހިންގުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ޑިޖިޓަލް ނޯޓިސް ބޯޑެއް ހެދުން.
ޑިޖިޓަލް ނޯޓިސް ބޯޑެއް އޮފީސް ތެރޭގައި އާއި އޮފީސް ބޭރުގައި ބެހެއްޓުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފު
އިބްރާހީމް ޙުސައިން
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު