2025 ވަނަ އަހަރުގެ04 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 04 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  04/2025/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     28 ޖެނުއަރީ 2025

ޖަލްސާ ފެށި ގަޑ:       08:45   

ޖަލްސާ ނިމުނު ގަޑި:     09:45

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބް ރައީސް)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 03 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 03 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ގއ.ކަނޑުހުޅުދޫ ސްކޫލް ގެ ނަންބަރ GS197/2025/04 ސިޓީ އާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ކައުންސިލުން ވަނީ ސުކޫލްގެ ހުރި ކަން ބޮޑުވުންތަށް ފާހަގަ ކޮށް ޕްރީސުކޫލް ހިންގާނެ ތަނެއް ނެތުމާއި، ސުކޫލްގެ 8 ކުލާސް ރޫމްގެ އިމާރާޔެއް އަޅާނެ ޖާގަ ނެތުމާއި އަދި ޕޮލިސް އިމާރާތް ސުކޫލާއި އިންވެގެން ހުރުމުގެ ސަބަބުން ކުދިންނަށް ފެންނަށް ނުޖެހޭ މަންޒަރާއި އަޑު އިވެމުން ދާތީވެ ، އެކަންތަށް ފާހަގަކޮށްފައެވެ. އެހެންކަމު ޕޮލިހުން މިހާރު ބޭނުންކުރަމުންދާ އިމާރާ ވީހާވެސް އަވަހަށް ހުސްކުރުމާއި ލަސްވެގެން 5 މަހުގެ މުއްދަތެއްގެ ތެރޭގައި އެތަށް ހުސްކުރުމަށް ޕޮލިހަށް ނޯޓިސްއެއް ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ކުނި މެނޭޖްކުރުމަށް ބޭނުންވާ ބިދޭސީން ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ރަށުގައި ކުނި މެނޭޖްކުރުމަށް ކޮންޓްރެކް އުސޫލުއިން މަސައްކަތް ކުރުމަށް 2 ބިދޭސީން އާއި އަދި 1 ޑްރައިވަރަކު ހޯދުމަށް އިއުލާން ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ބަޖެޓް ކޮންޓްރޯލް ފޯމް ނަންބަރ 2025/1466/BC/008,009 ގައިވާ ގޮތަށް ބަޖެޓް ކޮންޓްރޯލް ހެދުމާއި މެދު ގޮތެއް ނިންމުން

ބަޖެޓް ކޮންޓްރޯލް ފޯމް ނަންބަރ 2025/1466/BC/008,009 ގައިވާ ގޮތަށް ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ހުއްޓޭކޮޑާ ސަރަޙައްދު ސާފުކުރުމާއި މެދު ލިބިފައިވާ ކޯޓޭޝަންތަކާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ހުއްޓޭކޮނޑާ ސަރަހައްދު ސާފުކުރުމަށް 6 މަހަށް ކޮންޓްރެކް އުސޫލުން މީހަކު ހޯދުމަށް ޢިއުލާން ކުރުމަށް  ނިންމުނެވެ.

 ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އިބްރާހީމް ޙުސައިން

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު