.png)
ޖަލްސާ ބޭއްވިތަން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 26 އޮކްޓޯބަރ 2022
ޖަލްސާ ފެށި ގަޑ: 09:30
ޖަލްސާ ނިމުނު ގަޑި: 10:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 38 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 38 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
އެޖެންޑާ އައިޓަމް 3
ސަލަފްޖަމިއްޔާއިން ރާވާފައިވާ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާތީ އެކާ ގުޅެގޮތުން މަޝްވަރާކުރުން.
ސަލަފްޖަމިއްޔާއިން ރާވާފައިވާ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާތީ އެކާ ގުޅެގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ސަލަފްޖަމިއްޔާއިން ރާވާފައިވާ ޕްރޮގަރާމްތަކުގައި ހިމެނޭ މުހިންމު ކަންތައްތަކަށް ބަލާފައި ބަޖެޓް ތަންދޭވަރަކުން ޕްރޮގްރާމްތައް ހިންގުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުން ތާޢިދުކޮށްފައިވެއެވެ. އަދި މި ޕްރޮގްރާމުގައި
ސްކޫލު ކުދިން ބައިވެރިކުރުމަށް ސްކޫލާއި ވާހަކަ ދެއްކުމަށް ނިންމާފައިވެއެވެ. އަދި ހަމައެހެއްމެ ސްކޫލު ކުދިންނަށް މިކަހަލަ ޕްރޮގްރާމް ހިންގުމަށް ސަލަފް ޖަމިއްޔާގެ ހުއްދަ އޮތްތޯ ބެލުމަށްވެސް ޖަލްސާއިން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 4
ވަގުތީ ގޮތުން މަގު ބަންދުކުރުމުގެ ޤަވާޢިދާއި ބެހޭގޮތުން މަޝްވަރާކުރުން.
ވަގުތީ ގޮތުން މަގު ބަންދުކުރުމުގެ ޤަވާޢިދާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން 2013 ވަނަ އަހަރު ގެޒެޓް ކުރެވުނު މަގު ބަންދުކުރުމުގެ ޤަވާޢިދަށް އަމަލު ކުރަން ފަށުން ނުވަތަ އެ ޤާނޫނަށް އިސްލާޙް ކޮށްގެން މިހާރު ހުރި ބޯރޑްތައް ބޭނުންކޮށްގެން މަސައްކަތް ކުރިއަށް ދިއުމާއިމެދު ވަނީ މަޝްވަރާކުރެވިފައެވެ. މިކަމާ ގުޅިގެން މަޝްވަރާކޮށް ހުރިހާ
މެމްބަރުންވެސް ތާޢިދުކޮށްފައިވަނީ ގެޒެޓް ކުރެވިފައިވާ ޤަވާޢިދުގައި ހުރިކަންކަމަށް ރިޢާއަށްކޮށް އެ ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ. އަދި ފަހުން ޤަވާޢިދު ރިވިއުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައިވެއެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 5
ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތާއި ގުޅިގެން ބުލޫ ކޯސްޓް މޯލްޑިވްސް އިން ފޮނުވާފައިވާ މެއިލްއާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތާއި ގުޅިގެން ބުލޫ ކޯސްޓް މޯލްޑިވްސް އިން ފޮނުވާފައިވާ މެއިލްއާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އެގޮތުން ބިމުގެ ކުލީގެ އަދަދު ބަލައި ހުރިހާ މައުލޫމާތެއް ހޯދުމަށް މަޝްވަރާގައި ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
ބައިވެރވި ފަރާތްތައް
ނަން |
|
|
|
|
26 އޮކްޓޫބަރ 2022