2025 ވަނަ އަހަރުގެ05 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 05 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  05/2025/04

ޖަލްސާ ބޭއްވިތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     04 ފެބުރުއަރީ 2025

ޖަލްސާ ފެށި ގަޑ:      11:00

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 04 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 04 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ބަނދަރުން ފެން ދޫކުރުމުގެ އުސޫލް ފާސްކުރުން

ބަނދަރުން ފެން ދޫކުރުމުގެ އުސޫލް ފާސްކުރުމުގެ ގޮތުން ރަށުގެ ދޯނިތަކަށް މަހަކު 100 ރުފިޔާ، އަދި އެމް ޓީ ސީ ސީ ފެރީތަކަށް މަހަކު 125 ރުފިޔާ އަދި ރަށުން ބޭރުން އަންނަ ދޯނިތަކަށް ގަނޑިއިރަކަށް 100 ރުފިޔާގެ ފީއެއް ނެގުމަށް އުސޫލް ރަނގަޅުކަމަށް ފާސްކޮށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ކައުންސިލް ތަޖްރިބާ ދަތުރު ކުރާނެ ދުވަހަކާއި ރަށެއް ކަނޑައަޅާއި ނިންމުން.

ކައުންސިލުން މިނިސްޓްރީތަކާއި ބައްދަލުކުރުމަށް 13އެޕްރީލް 2025 އިން 14 އެޕްރީލް 2025 އަށް މާލެއަށް ދިއުމާއި، އަދި ތަޖްރިބާ ދަތުރު ކުރުމަށް 15 އެޕްރީލް 2025 އިން 20 އެޕްރީލް 2025  އަށް ދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެމް އެން ޑީއެފް ފަޔަރ ރެސްކިއު އާއި ގުޅިގެން އަލިފާނުން ރައްކާތެރި ވާނެ ގޮތާއި ގުޅޭ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރުން.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެމް އެން ޑީއެފް ފަޔަރ ރެސްކިއު އާއި ގުޅިގެން އަލިފާނުން ރައްކާތެރި ވާނެ ގޮތާއި ގުޅޭ ޕްރޮގްރާމެއް ރަށުގެ ހުރިހާ މުވަށްސަސާތަކުގެ ބޭފުޅުންނަށް ބޭއްވުމަށް އެމް އެން ޑީއެފް ފަޔަރ ރެސްކިއު އަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފު

އިބްރާހީމް ޙުސައިން

ސިމާޙް އިބްރާހިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު