ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 06 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 06/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 11 ފެބުރުއަރީ 2025
ޖަލްސާ ފެށި ގަޑި: 08:45
ޖަލްސާ ނިމުނު ގަޑި: 09:45
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 05 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 05 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ގއ.ކަނޑުހުޅުދޫ ސްކޫލް ގެ ނަންބަރ GS197/2025/06 ސިޓީ އާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ގއ.ކަނޑުހުޅުދޫ ސްކޫލް ގެ ނަންބަރ GS197/2025/06 ސިޓީ ގައިވާ ގޮތަށް ކޯޓޭޝަނާއި އެއްގޮތަށް ޑިޖިޓަލް ކެމެރާ ހޯދުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ކައުންސިލް ތަޖްރިބާ ދަތުރު ކުރުމަށް ރަށެއް ކަނޑައަޅާއި ނިންމުން.
ކައުންސިލް ތަޖުރިބާ ދަތުރު ބ.އަތޮޅުގެ ރަށްތަކުގެ ތެރެއިން ބ.ކުޑަކިރިލި، ބ.ކަމަދޫ، ބ.އޭދަފުށީ އަށް ދިއުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކައުންސިލް އަންހެން ވޮލީ ޓީމް ގއ.ކޮޑޭއަށް ވޮލީ މެޗެއް ކުޅެއް ދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް ވޮލީ ޓީމް މެޗެއް ކުޅުމަށް ގއ.ކޮޑޭއަށް 13 ފެބުރުއަރީ 2025 ވާ ބުރާސްފަތި ދުވަހު ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ގއ.ކަނޑުހުޅުދޫ ސްކޫލް ގެ ނަންބަރ GS197/2025/07 ސިޓީ އާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ގއ.ކަނޑުހުޅުދޫ ސްކޫލުން ފޮނުވާފައިވާ ސިޓީގައި 2023-2024 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ 25 ފެބުރުއަރީ 2025 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ ކައުންސިލްއިން ވަނީ 2023-2024 ވަނަ އަހަރު އިނާމު ދިނުމުގެ ޖަލްސާ ފާހަގަ ކުރުމަށް އެހީވުމަށް -/5000 ދިނުމާއި، އަދި ސުކޫލްގެ ކޮންމެ އަހަރަކުވެސް ހުރިހާ އެންމެ މޮޅު ދަރިވަރަކަށް -/1500 ދިނުމަމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފު
އިބްރާހީމް ޙުސައިން
ސިމާޙް އިބްރާހިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު