2025 ވަނަ އަހަރުގެ08 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ      08 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 09/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   25 ފެބުރުއަރީ 2025

ޖަލްސާ ފެށި ގަޑި:      11:00   

ޖަލްސާ ނިމުނު ގަޑި:    12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 07 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 07 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ކައުންސިލަރުންގެ 2025 ވަނަ އަހަރުގެ ޗުއްޓީ ތާވަލް ފާސްކުރުން

ކައުންސިލަރުންގެ 2025 ވަނަ އަހަރުގެ ޗުއްޓީ ތާވަލް ރަނގަޅުކަމަށް ފާސްކުރުމަށް ނިންމުނެ.

 

އެޖެންޑާ އައިޓަމް 4

ކައުންސިލަރުންގެ މަސްއޫލިއްޔަތު ހަވާލުކުރުން.

ކައުންސިލަރުންގެ މަސްއޫލިއްޔަތު ހުރިހާ ކައުންސިލަރުން ހިމެނޭ ޖަލްސާއަށް ހުށަހަޅާއިގެން ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ގޭގެތަކުގައި ބާވެފަ ހުރި މުއްސަފުތަށް ކައުންސިލަށް ނެގުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މިހާރު ކައުންސިލުންގެ ބެލުމުގެދަށަށް ނަގާފައިވާ ބާ މުއްސަފުތަށް ނައްތާލުމަށްފަހު ރަށުތެރެއިން މުއްސަފުތަށް ނެގުމަށް ފެންނަކަމަށް  ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ޒަމާރަތު އަޙްމަދު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ޒަމާރަތު ހުށަހަޅާފައިވާ ގޮތަށް އެގޯއްޗަށް 2000 އަކަފޫޓް ހަމަކޮށްދެއްވުމަކީ ކުރެވޭނެ ކަމަކަށްވާނަމަ އެކަށް ކުރެވޭތޯ ބެލުމަށްފަހު މިކަމަށް ގޮތެއްނިންމުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

ޕާކް ނަންބޯޑު ހަރުކުރުމާއި ފާކްތެރޭގައި ބައިސްކަލް އަދި ފުޓްބޯޅަ ކުޅުން މަނާކަށް އަންގައިދޭ ބޯޑެއް ބެހެއްޓުމާއި މެދު މަޝްވަރާކުރުން.

ޕާކްގައި ބޯޑުތަށް ބެހެއްޓުމަށް ފެންނަކަމާއި މެންބަރ ފާތިމަތު ހުދާ ހުށަހެޅިގޮތަށް ޕާކްގައި ނަން ބޯޑު ޖެހުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ގއ.ބަކައްތާގައި ޕޯލްޓްރީ ފާމެއް ހެދުމަށްޓަކައި އެރަށް ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ގއ.ބަކައްތާގައި ޕޯލްޓްރީ ފާމެއް ހެދުމަށްޓަކައި އެރަށް ހޯދުމަށް ނިންމުނެވެ.

އަތޮޅު ކައުންސިލަށް ހުށަހަޅާ ޕްރޮޖެކްޓާއި ބެހޭގޮތުން މަޝްވަރާކުރުން

އެޕާޓް މެންޓް  ( 2 ރޫމް އެޕާޓް މެންޓް) ހެދުމަށް އަތޮޅު ކައުންސިލަށް ހުށަހެޅުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 10

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އިމިގްރޭޝަންއަށް ހުށަހެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ކައުންސިލުން އަންގާ އެންގުންތަކަށް އަމަލު ނުކުރާކަށް ފާހަގަކުރެވިފައިވާތީވެ އަފަރާތްތަކުގެ މަޢުލޫމާތު އިމިގްރޭޝާނަށް ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 11

ރޯދަމަހު އިހިޔާ ޕްރޮގުރާމެއް ބޭއްވުމާއި މެދު މަޝްވަރާކުރުން.

ރޯދަމަހު އިހިޔާ ޕްރޮގުރާމެއް ބޭއްވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 12

ބަޖެޓް ކޮށްޓްރޯލް ފޯމް ނަންބަރ 2025/1466/BC/15  ފާސްކުރުން.

ބަޖެޓް ކޮށްޓްރޯލް ފޯމް ނަންބަރ 2025/1466/BC/15  ފާސްކުރުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފު

އިބްރާހީމް ޙުސައިން

ސިމާޙް އިބްރާހިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު