2025 ވަނަ އަހަރުގެ09 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       09 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 09/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   03 މާރޗް 2025

ޖަލްސާ ފެށި ގަޑި:      11:00   

ޖަލްސާ ނިމުނު ގަޑި:    12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

ނިންމި ކަންތަންތަށް

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 08 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 08 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ގޭބިސީތަކުން ނަގާ ކުނި ފީ ނެގުމަށް ހަމަޖެހިފައިވާ ރޭޓާއި ބެހޭގޮތުން މަޝްވަރާކުރުން

ގޭބިސީތަކުން ނަގާ ކުނި ފީ ނެގުމުގެ ރޭޓާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ކޮންމެ ގޭބިސީއަކުން 200 ރުފިޔާގެ ފީއެއްގެ ގޮތުގައި ނެގުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 3

ޒުވާނުން އިސްނަގައިގެން 3 އޮން 3 ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލްގެ އެހީ އެދިފައިވާތީވެ، އެކަމާއިމެދު މަޝްވަރާކުރުން.

ޒުވާނުން އިސްނަގައިގެން 3 އޮން 3 ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ކައުންސިލްގެ އެހީ އެދިފައިވޭއެވެ. އަދި ޒުވާނުންގެ ފަރާތުން ވަނީ މުބާރާތުގެ މެއިން ކެންވާސް ހަދައިދިނުމަށް އެދިފައެވެ. އެހެންކަމުން ޒުވާނުން އެދިފައިވާގޮތަށް މުބާރާތުގެ މެއިން ކެންވާސް ހައިދިނުމަށްނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފު

އިބްރާހީމް ޙުސައިން

ސިމާޙް އިބްރާޙިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު