ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 10 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 10/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 11 މާރޗް 2025
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 09 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 09 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލް މުވަށްޒަފުންގެ ރޯދަ ވިއްލުމެއް ބޭއްވުމާއި މެދު މަޝްވަރާކުރުން.
.ކޮންމެ އަހަރުކުވެސް މުވައްޒަފުންގެ ރޯދަ ވިއްލުމެއް ކައުންސިލުން ބާއްވަމުން ގެންދާތީ މިއަހަރުވެސް ރޯދަ ވިއްލުމަށް ރަށުން ބޭރު ރަށަކަށް ދިއުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 4
އީދުސައި ބޭއްވުމާއި މެދު މަޝްވަރާކުރުން.
.އީދު ސައި ރަށުގެ މުވައްސަސާތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް މުވައްސަސާތަކާއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 5
ޓޫރިސްޓް އެޓްރެކްޝަންތައް ބިނާކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލުމަށް އަތޮޅުކައުންސިލް އިދާރާއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ޓޫރިސްޓް އެޓްރެކްޝަންތައް ބިނާކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލުމަށް އަތޮޅުކައުންސިލް އިދާރާއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ކައުންސިލުން ވަނީ މިރަށުގައި ސަގާފަތާއި ތާރީޚީ ހާދިސާތަށް ދައްކުވާއިދޭ ތަނެއްގެ
ގޮތުގައި ކޯރު ސަރަހައްދުކަމަށް އަތޮޅު ކައުންސިލަށް އެންގުމަށް ސިޓީއެއް ފޮނުވުމަށް ނިންމުނެވެ
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފު
އިބްރާހީމް ޙުސައިން
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު