ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 11 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 11/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 18 މާރޗް 2025
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 10 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 10 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ގއ.ކަނޑުހުޅުދޫ ސްކޫލް ގެ ނަންބަރ GS197/2025/22 ސިޓީ އާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ގއ.ކަނޑުހުޅުދޫ ސުކޫލްއިން ވަނީ ސްޓަޑީ ކޭމްޕެއް ބޭއްވުމަށް ހިނަގާނެ ޚަރަދު ބަޔާންކޮށް ކައުންސިލަށް ސިޓީ ފޮނުވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ކޮންމެ އަހަރަކުވެސް ސްޓަޑި ކޭންޕް ބާއްވަމުން ގެންދާތީވެ، މިއަހަރުވެސް ސުކޫލުން އެދިފައިވާ ގޮތަށް ސްޓަޑީ ކޭންޕް ބޭއްވުމަށް -/7000 ރުފިޔާގެ އެހީއެއް ދިނުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 4
ފީޕަލްސް ނެޝަނަލް ކޮންގްރެސް ގެ ނަންބަރ PNC/LTR/2025/00126 ސިޓީ އާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ކުރިންވެސް އިންނާނީ ޕާޓީއަށް ބިމެއް ދީފަކަމާއި، އަދި އެބިން ސާފުކުރުމަށް ޕީ.އެން.ސީ އަށް ސިޓީ ފޮނުވުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 5
ގުރޭޑް 10 ގެ ދަރިވަރުންނަށް ތަރާވީހެއް ބޭއްވުމާއި މެދު މަޝްވަރާކުރުން.
ގުރޭޑް 10 ގެ ދަރިވަރުންނަށް ތަރާވީހެއް ބޭންވުމާއި މެދު މަޝްވަރާކޮށް ކައުންސިލުން ވަނީ ކޮންމެ އަހަރަކުވެސް ރޯދަ ވިއްލުމެއް ގުރޭޑް 10 ގެ ދަރިވަރުންނަށް ބާއްވަމުން ގެންދާތީ މިހާރުވެސް ރޯދަ ވިއްލުމެއް ބޭއްވުމަށް ނިންމުނެވެ
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފު
އިބްރާހީމް ޙުސައިން
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު