ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 12 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 12/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 08 އެޕްރީލް 2025
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 11 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 11 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ގޭބިސީތަކުން ކުނި ފީ ނެގުމުގެ ރޭޓާއި ބެހޭގޮތުން މަޝްވަރާކުރުން.
. ކައުންސިލް 9 ވަނަ އާންމު ބަންދަލުވުމުގައިވަނީ ގޭބިސީތަކުން ކުނި ފީނެގުމުގެ ރޭޓެއްގެ ގޮތުގައި 200 ރުފިޔާ ނެގުމަށް ނިންމާފައެވެ. އަދި އެނިންމުން ބާތިލްކޮށް ގޭބިސީތަކުން ކުނި ފީނެގުމުގެ ރޭޓަކީ 150 ރުފިޔާ ކަމުގައި ނިންމުނެވެ
އެޖެންޑާ އައިޓަމް 4
ކުޑަކުދިންނަށް ފުޓްސަލް މުބާރާތެއް ބޭންވުމަށް ދުވަހެއް ކަނޑައެޅުން.
.ކުޑަކުދިންގެ ފުޓްސަލް މުބާރާތް ބޭއްވުމަށް ރަށުގެ ޖަމިއްޔާތަކާއި ވާހަކަ ދެއްކުމަށް ފަހު ދުވަހެއް ކަނޑައެޅުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 5
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ހަރަކާތްތަށް ކުރިއަށް ގެންދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން.
.މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމާއި ބެހޭގޮތުން އިދާރީ މިވަށްޒަފުންނާއި މަޝްވަރާކުރުމާއި އަދި ރަށުގެ މުވައްސަސާތަކުގެ ބޭފުޅުންނާއި މަޝްވަރާކުރުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 6
އަޟްހާ ޢީދު ފާހަގަ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
.މިއަހަރު އަޟްހާ ޢީދު ފާހަގަކުރުމަށް ރަށުގެ ޖަމިއްޔާތަކާއި ކުލަބްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 6
ބަޖެޓް ކޮންޓްރޯލް ފޯމާއި ބެހޭގޮތުން މަޝްވަރާކުރުން.
.ބަޖެޓް ކޮންޓްރޯލް ފޯމުގައި ވާ ގޮތަށް ކުރިއަށް ގެންދިއުމަށް ނިންމުނެވެ
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފު
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު