2025 ވަނަ އަހަރުގެ 13 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       13 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 13/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   17 އެޕްރީލް 2025

ޖަލްސާ ފެށި ގަޑި:      11:00   

ޖަލްސާ ނިމުނު ގަޑި:    12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 12 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 12 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ގޭބިސީތަކުން ކުނިނެގުމުގެ މަސައްކަތް އައުޓްސޯސް ކުރެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލުން ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް އައުޓްސޯސް ކުރެވިފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ވަނީ މަޝްވަރާކޮށްފައެވެ. މިގޮތުން މި މަސައްކަތް ކައުންސިލުން އަމިއްލައަށް ކުރިއަށް ގެންދިއުމަށްޓަކައި މެއި 1 އިން ފެށިގެން ޑްރައިވަރަކާއި މަސައްކަތު މީހަކު ވަނީ ހަމަޖައްސާފައެވެ.އަދި މި މަސައްކަތް ކައުންސިލުން އަމިއްލައަށް ކުރުމަށް ނިންމުމާއި ގުޅިގެން، މިހާރު މި މަސައްކަތް ކުރަމުންދާ ފަރާތާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށްޓަކައި، އެފަރާތް ކައުންސިލަށް ހާޒިރުކޮށް މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްވަރާގައި އެއްބަސްވުން ނިމުމަކަށް ގެނައުމާއި ގުޅޭގޮތުން ތަފްސީލުކޮށް ކިޔައިދީ، ސުލްހަވެރިކަމާއެކު މި މަސައްކަތް ނިންމުމަށް ނިންމުނެވެ

އެޖެންޑާ އައިޓަމް 4

ޢީދު ކުޅިވަރު ބޭއްވުމަށް ޖަމިއްޔާތަކަށް ހުޅުވުން.

ކައުންސިލުން ވަނީ މިއަހަރު އަޟްހާ ޢީދު ފާހަގަ ކުރުމަށްޓަކައި ރަށުގެ ޖަމިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތް ބޭއްވުމަށް ޖަމިއްޔާތަކަށް ހުޅުވުން.

ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތް އަދި ވޮލީ މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި އެހީތެރިކަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަށް ހޯދުމަށް އިޢުލާނެއް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްދިވެސް އިން ކުރިއަށް ގެންދާ އަތޮޅުތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ތަމްރީންކުރާ ޕްރޮގުރާމްގައި ބައިވެރިވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްދިވެސް އިން ކުރިއަށް ގެންދާ އަތޮޅުތެރޭގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތްތައް ތަމްރީންކުރާ ޕްރޮގުރާމެއް މިމަހު 20 އެޕްރީލް އިން 25 އެޕްރީލް އަށް ގއ.ވިލިނގިލީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ޕްރޮގުރާމަށް ދިއުމަށް ބޭނުންވާ ފަރާތްތަކުގެ ނަންތަށް ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

ކައުންސިލް އާ އިމާރާތު އެމްއޯޔޫގައި ސޮއިކުރުން

ކައުންސިލް އާ އިމާރާތުގެ އެމްއޯޔޫގައި ސޮއިކޮށް ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ޤަވާއިދާއި ހިލާފަށް ކުނި އުކާ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލުން ރަސްމީކޮށް ކުނި ނަގަށް ފެށުމަށްފަހު ޤާވަޢިދާ ހިލާފަށް ކުނި އުކާ ފަރާތްތަކަށް ފިޔަވަޅު އެޅުން، އަދި އެގޮތުން އެންމެ ފުރަތަމަ އަނގަބަހުން ނަސޭހަތްތެރި ވުމާއި ، ދެން ލިއުމަކުން ނަސޭހަތްތެރި ވުމާއި، ދެން އެށްފަހު އެ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 9

ސާފުނުކުރާ ދުވަސްވީ ފަޅު ގޯތިތައް ނެގުމާއި ބެހޭ އުސޫލެއް ހެދުން

ސާފުނުކުރާ ދުވަސްވީ ފަޅު ގޯތިތައް ނެގުމާއި ބެހޭ އުސޫލެއް މެދު މަޝްވަރާކޮށް ވަނީ އުސޫލް ހެދުމަށް ކޮމެޓީއެއް ނެގުމަށް ނިންމާފައެވެ. އެގޮތުން އުސޫލް ހެދުމަށް ކޮމެޓީގައި އައްބާސާ މުޙައްމަދު، ފާތިމަތު ހުދާ، ސިމާޙް އިބްރާޙިމް، ހަސަން އާލިމް، އަސްފާޙް ޙަސަން އަދި މަރިޔަމް އިލްމާ ހިމަނުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފު

އިބްރާހީމް ޙުސައިން

ސިމާޙް އިބްރާޙިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު