2025 ވަނަ އަހަރުގެ 15 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       15 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 15/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   29 އެޕްރީލް 2025

ޖަލްސާ ފެށި ގަޑި:      11:00   

ޖަލްސާ ނިމުނު ގަޑި:    11:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ނައިބް ރައީސް އިބްރާޙިމް ޙުސައިން)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 13 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ގެމަނަފުށީގެ އޮތް ވޮލީ ބޯޅަ މުބާރާތުގައި ރަށުގެ އަންހެން ވޮލީ ޓީމް ބައިވެރި ކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ގެމަނަފުށީގެ އޮތް ވޮލީ ބޯޅަ މުބާރާތުގައި ރަށުގެ އަންހެން ވޮލީ ޓީމް ބައިވެރި ކުރުމަށް ކުރަށްޖެހޭ ޚަރަދުގެ ގޮތުގައި ޓީމް ރަޖިސްޓްރޭޝަން ފީއާއި، ޕްރެކްޓިސް އަށް ބޭނުންވާ ސާމާނުއާއި، ޖާރޒީ ހެދުމާއި އަދި ދަތުރު ތަކުގެ ޚަރަދު ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ސްޓާފް އެވޯޑް ގެ އުސޫލް ފާސްކުރުން.

ކައުންސިލް ސްޓާފް އެވޯޑް ގެ އުސޫލްގެ ތެރެއަށް ކައުންސިލަރުންގެ ތެރެއިން އެންމެ ރަނގަޅު ކައުންސިލް ހޮވުމަށް އުސޫލް އިސްލާޙްކޮށް ދެންއަންނަށް ޖަލްސާއެއްގެ އުސޫލް ފާސްކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ބޭރު މަގަށް ކިޔާ ނަން ފާސްކުރުން.

ރަށުގެ ބޭރުމަގަށް ކިޔާނެ ނަން ފާސްކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް މިއަންނަށް ހަފްތާގެ އާދިއްތަ ދުވަހު ކައުންސިލަރުންނާއި ، އިދާރީ މުވައްޒަފުންނާއެކު ބައްދަލުވުމެއް ބާއްވާ އެކަމާއި މެދު މަޝްވަރާކޮށް ބޭރުމަގަށް ކިޔާނެ ނަށް ދެން އަންނަށް ޖަލްސާއެއްގައި ފާސްކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ނާޒިމް ހުސައިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ނާޒިމް ޙުސައިން ގެނެސްގެން ވާހާކަ ދައްކާފަ ސުލްހަވެރިކަމާއެކު އެގްރީމަންޓް ބާތިލް ކުރެވެއްޔާ ބާތިލްކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

ލޯކަލް ގަވަރމަންޓް އަތޯރިޓީ ނަންބަރ 221-CCS/2025/63  ފޮނުވާފައިވާ ސިޓީއާއި ބެހޭޣޮތުން މަޝްވަރާކުރުން.

ލޯކަލް ގަވަރމަންޓް އަތޯރިޓީ ނަންބަރ 221-CCS/2025/63  ފޮނުވާފައިވާ ސިޓީއާއި ބެހޭޣޮތުން މަޝްވަރާކުރާކޮށް މިކަމާއި ބެހޭގޮތުން ހުރިހާ މަޢުލޫމާތު ކައުންސިލް މެމްބަރުންނާއި ހިއްސާކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ފަޅުތެރޭގައި ކުނިވާ ޒާތުގެ އެއްވެސް އެއްޗެއް ނޭޅުން.

ރަށުގެ އޮޑިދޯނި ފަހަރު ގެންގުޅޭ މީހުންނަށް ފަޅުތެރޭގެ ކުނިވާ ޒާތުގެ އެއްވެސް އެއްޗެހި ނޭޅުމަށް އެންގުމާއި ސިޓީ ފޮނުވުމާއި އަދި އިޢުލާން ކުރުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އިބްރާހީމް ޙުސައިން

ސިމާޙް އިބްރާޙިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު