ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 17 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 17/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 13 މެއި 2025
ޖަލްސާ ފެށި ގަޑި: 09:00
ޖަލްސާ ނިމުނު ގަޑި: 09:45
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 16 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 16 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
މުޢާވިޔަތު ވަސީމް ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
މުޢާވިޔަތު ވަސީމް ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރާކޮށް ވަނީ ގޯތީގެ އެގްރީމަންޓްގައިވާ ގޮތަށް މިހާތަނަށް ގޯތީގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ އިތުރު މުއްދަތެއް ދެވެއް ނެއްކަމަށް މުޢާވިޔަތު ވަސީމްއަށް ސިޓީ ފޮނުވުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 4
ހޮޓާ ރެސްޓޯރެންޓްތަށް ޗެކްކުރުމަށް ދިއުމަށް މަޝްވަރާކުރުން.
ހޮޓާ ރެސްޓޯރެންޓްތަށް ޗެކްކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ގއ.ކަނޑުހުޅުދޫ ސިއްޙީމަރުކަޒަށް ހޮޓާތަށް ޗެކްކުރުމަށް ބޭނުންވާ ކަމަށް ސިޓީ ފޮނުވުމާއި، އަދި ހޮޓާތަކުގެ ވެރިންނަށްވެސް ހޮޓާތަށް ޤަވާއިދުން ޗެކްކުރުމާއި އަދި ޤަވާޢިދާ ހިލާފަށް ހުންނަށް ހޮޓާތަކާއި މެދު ފިޔަވަޅު އެޅޭނެކަމަށް ސިޓީ ފޮނުވުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 5
ޤްރުޢާން މުބާރާތް ސްކޫލާއި ގުޅިގެން ކުރިއަށް ދިއުމަށް ނިންމާފައިވާ ނިންމުން ރިވިއުކުރުން.
ކައުންސިލް ޤްރުޢާން މުބާރާތް ސްކޫލާއި ގުޅިގެން ބޭއްވުމަށް ނިންމާފައިވާ ނިންމުން ރިވިޢުކޮށް ކައުންސިލް ޤުރުޢާން މުބާރާތް ބޭއްވުމަށް އިޢުލާން ކޮށްފައިވާ އިޢުލާނާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފް
އިބްރާހީމް ޙުސައިން
ސިމާޙް އިބްރާޙިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަ