ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 19 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 19/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 27 މެއި 2025
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 18 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 18 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޤްރުޢާން މުބާރާތުގެ ޤަވާއިދު އިސްލާހްކުރުން.
ޤްރުޢާން މުބާރާތުގެ ޤަވާއިދު އިސްލާޙްކުރުމާއި މެދު މަޝްވަރާކޮށް ވަނީ ކައުންސިލް ޤްރުޢާން މުބާރާތުގެ ޤަވާއިދުގައި ޑްރެސް ކޯޑް އިތުރުކުރުމަށް ފަހު ޤަވާއިދު އިސްލާޙްކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ޕިކަޕް ދަތުރުތަކުގައި ރޭޓު ކަނޑައެޅުން.
ކައުންސިލް ޕިކަޕް ދަތުރުތަކުގެ ރޭޓުގެ ގޮތުގައި ވަނީ އާދައިގެ ދަތުރުތަކުގައި -/100 ރުފިޔާކަމާއި އަދި ދަނގަޑު، ލަކުޑި، ސިމެންތި، ޓިނު، ހިލެވެލި ފަދަ ތަކެތި -/150 ކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ބެންކް އޮފް މޯލްޑިވެސްގެ 42 ވަނަ އަހަރީ ޖަލްސާގެ ޕްރޮކްސީ އައްޔަން ކުރުމުގެ ޤަރާރު ފާސްކުރުމާއި މެދު މަޝްވަރާކުރުން.
ބެންކް އޮފް މޯލްޑިވެސްގެ 42 ވަނަ އަހަރީ ޖަލްސާގެ ޕްރޮކްސީ އައްޔަން ކުރުމުގެ ޤަރާރު ފާސްކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ޤްރުޢާން މުބާރާތަށް ކުދިން ތަމްރީންކުރުމަށް މީހަކު ގެނައުމާއި މެދު މަޝްވަރާކުރުން.
ޤްރުޢާން މުބާރާތަށް ކުދިން ތަމްރީންކުރުމަށް މީހަކު ގެނައުމާއި މެދު މަޝްވަރާކުރުމަށްފަހު ވަނީ އާދެވޭނެ ދުވަހަކާއި އަގެން ބެލުމަށްފަހު މީހަކު ގެނައުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފް
އިބްރާހީމް ޙުސައިން
ސިމާޙް އިބްރާޙިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު