ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 20 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 20/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 03 ޖޫން 2025
ޖަލްސާ ފެށި ގަޑި: 09:00
ޖަލްސާ ނިމުނު ގަޑި: 10:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 19 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 19 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ތިމާވެށި ދުވަސް ފާހަގަ ކުރުމަށް ކުރިއަށްގެންދާނެ ހަރަކާތްތަކާއި މެދު މަޝްވަރާކޮށް ގޮތެއްނިންމުން.
ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަށުގެ ހޭޅިފަށުގައި ހުރި ޕްލާސްޓިކް ފުޅިތަކާއި ދަޅު ފަދަ ތަކެތި ނެގުމާއި، އަދި ރަށު ތެރޭގެ އެކި ސަރަޙައްދުތަށް ސާފުކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް މުވައްސަސާތަކަށް ސިޓީ ފޮނުވުމަށް ނިންމުނެވެ..
އެޖެންޑާ އައިޓަމް 4
ކައުންސިލް ތަޖްރިބާ ދަތުރު ކުރުމަށް ދުވަހެއް ކަނޑައެޅުން.
ކައުންސިލް ތަޖްރިބާ ދަތުރު ކުރުމަށް ދުވަހެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ 15 ޖޫން އިން ފެށިގެން 26 ޖޫން އަށް ދިއުމަށް ކައުންސިލް ރައީސް ވަނީ ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކައުންސިލް މުވައްޒަފުން ގޮވައިގެން ތަޖްރިބާ ދަތުރެއްގައި ގއ.ދާންދޫއަށް ދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް މުވައްޒަފުން ގޮވައިގެން ތަޖްރިބާ ދަތުރެއްގައި ގއ.ދާންދޫއަށް ދިއުމާއި ބެހޭގޮތުން މަޝްވަރާކުރާކޮށް ވަނީ 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހު ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
އިޖްތިމާއި ސަރާޙައްދު ބަލައި ޗެކްކުރާނެ ފަރާތެއް އައްޔަށްކުރުމާއި މެދު މަޝްވަރާކުރުން.
އިޖްތިމާއި ސަރާޙައްދު ސާފުކޮށް ބަލަހައްޓަމުން ގެންދާ ސެކްޝަން ކޯޕަރޭޓް އެފެއަރޒް އިތުރަށް ހަރުދަނާ ކުރުމަށް ސެކްޝަންގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތާއި ވާހަކަ ދެއްކުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
އިޖްތިމާއީ ސަރަޙައްދު ސާފުކުރުމަށް 2 މުވައްޒަފުން ނެގުން.
އިޖްތިމާޢީ ސަރަޙައްދު ސާފުކުރުމަށް 2 މުވައްޒަފުން ނެގުމަށްނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފް
އިބްރާހީމް ޙުސައިން
ސިމާޙް އިބްރާޙިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު