ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 21 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 21/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 10 ޖޫން 2025
ޖަލްސާ ފެށި ގަޑި: 13:30
ޖަލްސާ ނިމުނު ގަޑި: 14:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 20 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 20 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލް ތަޖްރިބާ ދަތުރުގެ ޚަރަދު ކުރުމަށް ބޭނުންވާ ފައިސާ ކޭޝްކޮށް ނެގުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް ތަޖްރިބާ ދަތުރާއި މިނިސްޓްރީ ތަކާއި ބައްދަލުކުރުމަށް 15 ޖޫން 2025 އިން 26 ޖޫން 2025 ގެ ނިޔަލަށް ރަސްމީ ދަތުރެއް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށާއި މިގޮތުން 16 ޖޫން 2025 އިން 20 ޖޫން 2025 އަށް ބ.އަތޮޅަށް ތަޖުރިބާ ދަތުރެއްކުރުމަކީ މުހިއްމު ކަމެއްކަމަށާއި އަދި ދަތުރުގެ ބޭނުމަކީ ސަގާފީ ކުޅިވަރިތަކާއި ރަށްތަކުގެ އުމްރާނީ ތަރައްޤީއާއި އަދި ކައުންސިލްތަކުން ހިންގުމުގައި ގެންގުޅޭ އުސޫލުތަށް ދެނެގަތުމުގެ ބޭނުމުގައި ކުރާ ތަޖުރިބާ ދަތުރަކަށްވާތީ ބ.އަތޮޅުގެ 5 ރަށަކަށް ދާން ފެންނަކަމަށާއި މިގޮތުން ބ. ކުޑަރިކިލު ، ކިހާދޫ، ކެންދޫ، ކަމަދޫ އަދި ދޮންފަނު ހިމެނުމަށާއި އަދި މިދަތަރުގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުމަށް ބޭނުންވާ ފައިސާ ޚަރަދު ކުރެވޭނީ އެފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން ކަމަށްވާތީވެ ދަތުރު ޚަރަދަށްވާ 12500.00ރފ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ އެކައުންޓަށް ޖަމާކުރަން ފެންނަކަމަށާއި އަދި 12 ދުވަހުގެ އެލަވަންސް ފައިސާ ދަތުރުގެ ބައިވެރިންގެ އެކައުންޓަށް ޖަމާކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
އަޝްރަފް އަބުދުﷲ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
އަޝްރަފް އަބުދުﷲ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ސިޓީގައި ބަޔާންކޮށްފައިވާ ބިން ބޭނުންވާ ސަރަޙައްދު ބެލުމަށްފަހު އަޝްރަފް އަބުދުﷲ އާއި ވާހާކަ ދެއްކުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
އާރު.ޑީ ސްޕޯޓްސް ކުލަބު އިން ފޮނުވާފައިވާ ޕްރޮޕޯސާލްއާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
އާރު.ޑީ ސްޕޯޓްސް ކުލަބު އިން ފޮނުވާފައިވާ ޕްރޮޕޯސާލްއާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ޕްރޮޕޯސަލް އާއި އެއްގޮތަށް ފުޓްސަލް އަދި ވޮލީ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފް
އިބްރާހީމް ޙުސައިން
ސިމާޙް އިބްރާޙިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަ