2025 ވަނަ އަހަރުގެ 22 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       22 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 22/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   17 ޖޫން 2025

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ޕޮލިސް އިމާރާތުން ކުލި ނެގުމާއި މެދ މަޝްވަރާކޮށް ގޮތެއް ނިންމުން.

 ޕޮލިހުން މިހާރު ބޭނުންކުރަމުންދާ އިމާރާތް ހުސްކުރުމަށް މުއްދަތެއް ދިނުމާއި އަދި އެމުއްދަތުގައި ހުސްނޮކޮށްފިނަމަ ކޮންމެ މަހަކު ފީއެއްގެ ގޮތުގައި -/10000 ރުފިޔާގެ ފީއެއް ދެއްކުމަށް ޕޮލިހަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

މިސްކިތު މިހްރާބްގެ ޑިޒައިން ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

މިސްކިތު މިޙްރާބްގެ ޑިޒައިން ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށްނިންމުނެވެ.

އެޖެންޑާ އައިޓަމް 5

އިވެންޓްތަކަށް ބޭނުންކުރުމަށް ސައުންޑް ސިސްޓަމެއް ހޯދުމަށް މަޝްވަރާކުރުން.

އިވެންޓްތަކަށް ބޭނުންކުރުމަށް ސައުންޑް ސިސްޓަމެއް (އައުޓްޑޯރ ގައި ބޭނުންކުރެވޭ) ގޮތަށް ހޯދުމަށް ނިންމުނެވެ..

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާހީމް ޙުސައިން

ސިމާޙް އިބްރާޙިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަ