2025 ވަނަ އަހަރުގެ 24 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       24 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 24/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   01 ޖުލައި 2025

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 23 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 23 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ޔޫޓިލިޓީ ރެގިއުލޭޓަރީ އަތޮރިޓީ ނަންބަރު 485-RSD/414/2025/1 ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ޔޫޓިލިޓީ ރެގިއުލޭޓަރީ އަތޮރިޓީ ނަންބަރު 485-RSD/414/2025/1 ސިޓީގައި ވާ ގޮތަށް ރަށުގެ މަގުބައްތިތަކުގައި ސަލާމަތީ ވަސީލަތްތައް ހަރުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް އަދި މިވަގުތު މިމަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ހިމެނޭ ރިޕޯޓް އެއިދާރާއަށް ފޮނުވުމަށް ނިންމިނެވެ.

އެޖެންޑާ އައިޓަމް 4

އެލިއާ އިންވެސްޓްމެންޓް ނަންބަރު AI/GOV/2025/102 ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

އެލިއާ އިންވެސްޓްމެންޓް ނަންބަރު AI/GOV/2025/102 ސިޓީގައި ވާގޮތަށް ޔަމަހާ ސައިކަލު ޕްރޮމޯޝަން ހަރަކާތެއް ބޭއްވުމުވަށް ދުވާލަކަށް -/2000 ރުފިޔާގެ ފީއެއް ދެއްކުމަށް ނިންމިނެވެ.

އެޖެންޑާ އައިޓަމް 5

އާރުޑީ ސްޕޯޓުސް ކުލަބު އިން ފޮނުވާފައިވާ ޕްރޮޕޯސަލް ( ވޮލީ ، ފުޓުސަލް) އާއި ބެހޭގޮތުން މަޝްވަރާކުރުން.

އާރުޑީ ސްޕޯޓުސް ކުލަބު އިން ފޮނުވާފައިވާ ޕްރޮޕޯސަލް ( ވޮލީ ، ފުޓުސަލް) އާއި ބެހޭގޮތުން މަޝްވަރާކޮސް ވަނީ ޕްރޮޕޯސަލްއާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމިނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާހީމް ޙުސައިން

ފާތިމަތު ހުދާ

އައްބާސާ މުޙައްމަ