ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 26 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 25/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 15 ޖުލައި 2025
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ25 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 25 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލް ވޮލީބޯޅަ ޓޯނަމެންޓް ގައި ކައުންސިލް ވޮލީ ޓީމް ބައިވެރިކުރުމާއި މެދު މަޝްވަރާކުރުން.
ކައުންސިލް ވޮލީ ބޯޅަ މުބާރާތުގައި ކައުންސިލް އަންހެން ވޮލީ ޓީމް މުބާރާތުގައި ބައިވެރިކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ސާފުނުކުރާ ގޯތި ތަކުގެ ވެރިން ޖޫރިމަނާ ކުރުމާއި މެދު މަޝްވަރާކުރުން.
މީހުން ދިރިއުޅޭ ގޯތިތަކާއި މީހުން ދިރިނޫޅޭ ގޯތިތަށް އޮގަސްޓްގެ ނިޔަލަށް ސާފުކުރުމަށް އެންގުމާއި އަދި އެމުންދަތުގައި ސާފުނުކުރާ ގޮތިތަކުގެ ރިޕޯޓް އާންމުކުރެވޭނެކަމަށް އާންމު ޢިއުލާނެއް ނެރުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފް
ސިމާޙް އިބްރާޙިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަ