2025 ވަނަ އަހަރުގެ 28 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       28 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 28/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   29 ޖުލައި 2025

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 27 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 27 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ބިންހިންކުމުގެ ޗާޓާއި، ބަނދަރު ތަރައްޤީކުރުމުގެ ޗާޓާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

ބިންހިންކުމުގެ ޗާޓާއި، ބަނދަރު ތަރައްޤީކުރުމުގެ ޗާޓާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ބިންހިންކުމުގެ ކޮންސެޕްޓް ކުރެހުމުގައި އެއްވެސް މައްސަލައެއް ނެއްކަމާއި، އަދި  ބަނދަރު ތަރައްޤީކުރުމަށް ފޮނުވާފައިވާ ކޮންސެޕްޓް ކުރެހުމުގައިވާ ގޮތުން ބަނދަރަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަކަށް ޤަބޫލު ނުކުރެވޭ ކަމަށާއި މިގޮތުން މި ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނީ ބަނދަރުގެ އުތުރުފަރާތަށް 300 ފޫޓް އިތުރުކުރުމާއި ،މިހާރު އިންވަރަށްވުރެ 200 ފޫޓަށް ބަނދަރު ފުޅާ ކުރުމާއި އަދި ބަނދަރުގެ ދެފަރާތުގެ ބޭރު ތޮށިގަނޑު ގައި ޑިންގީ އަދި ކުދި ލާންޗް އެޅޭގޮތަށް ރިވެޓްމެންޓް ހެދުމާއި އެކު ބަނދަރުގެ މަސައްކަތް ކުރިޔަން ގެންދިއުމަކީ ރައްޔިތުންވެސް އެދޭ ގޮތް ކަމަށްވާތީ ، މިދެންނެވި ގޮތަށް ބަނދަރުގެ މަސައްކަތް ކުރިޔަން ގެންދިއުމަށް ބޭނުންވާ ކުރެހުން ބަދަލުކޮށްދެއްވުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ހުށަހެޅުމަށް  ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

ސިމާޙް އިބްރާޙިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަހުށަހެޅުމަށް