2025 ވަނަ އަހަރުގެ 29 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       29 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 29/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   05 އޮގަސްޓް 2025

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ނަންބަރު 475-SAIL/414/2025/1  ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވާރލްޑް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓެޑް ލޭބަރ ސާރވިސަސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އައުޓްރީޗް ޕްރޮގުރާމް ރަށުގައި ހިންގުމަށް ރަނގަޅުކަމާއި، އަދި މި ޕްރޮގުރާމް ރަށުގައި ހިންގުމުގައި ކައުންސިލުގެ ފަރާތުން ކޮންދޭން ޖެހޭނީ ކޮންކަމެއްތޯ ބެލުމަށް ނިންމުނެވެ. 

އެޖެންޑާ އައިޓަމް 4

އޭޓީއެމް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާއި މެދު މަޝްވަރާކުރުން

. އޭޓީއެމް ހުޅުވުމަށް ކުރަންޖެހޭ ތައްޔާރީތަކާއި، އަދި ކުރަށްޖެހޭ ޚަރަދެއް ކުރުމަށް ނިންމުނެވެ

އެޖެންޑާ އައިޓަމް 5

ފަހާގެ ރަޖިސްޓްރީއާއި އުތުރުގެ ރަޖިސްޓްރީއާއި ބެހޭގޮތުން މަޝްވަރާކުރުން

.ފަހާގެ ރަޖިސްޓްރީއާއި އުތުރުގެ ރަޖިސްޓްރީއާއި ބެހޭގޮތުން ލަފާއަކަށް ހޯދުމަށް ހައުސިން މިނިސްޓްރީއަށް ގޯތިތަކުގެ ޗާޓާއެކު ސިޓި ފޮނުވުމަށް ނިންމުނެވެ

އެޖެންޑާ އައިޓަމް 6

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި ހުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލު ކުރަންވީ މިންގަނޑާއި ބެހޭގޮތުން މަޝްވަރާކުރުން.

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި ހުފައްދާ  ފަރާތްތަކުން ތައްޔާރު ކުރާ ކާބޯތަކެތި މޯލްޑިވެސް ފުޑް އެންޑް ޑްރަގް އަތޯރިޓީގެ މިންގަޑުތަކާއި ޚިލާފަށް ފިހާރަތަކުން ވިއްކަމުންދާތީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަށް ކަނޑައެޅިފައިވާ މިންގަޑާއި އެއްގޮތަށް ތައްޔާރުކުރެވިފައިވާ ތަކެތި ނޫނީ ވިއްކުމަށް ބަލައިނުގަތުމަށް ފިހާރަތަކުގެ ވެރިންނަށް ސިޓީ ފޮނުވުމާއި، އަދި ކާބޯތަކެތި އުފަންދާ ފަރާތްތަށް މިނިސްޓްރީ އޮފް ހެލްތުގެ ދިރިތިބި ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް އާންމު ޢިއުލާނެއް ކުރުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާޙިމް ޙުސައިން

ސިމާޙް އިބްރާޙިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަހުށަހެޅުމަށް