2025 ވަނަ އަހަރުގެ 30 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       30 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 30/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   12 އޮގަސްޓް 2025

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 29 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 29 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ވެލި ބަސްތާ އަދި އެހެނިހެން ތަކެތި ތޮށި ގަނޑުން ބޭރަށް ޖެހުމާއި، އަދި ތޮށި ގަނޑުން ބޭރުގައިވެސް 1 ދުވަހަށް ވުރެ ގިނަ ދުވަހު ބަހައްޓާ ފަރާތްތަކުން ކުރިން ކަނޑައަޅާފައިވާ ފީ ނުގުމާއި މެދު މަޝްވަރާކުރުން.

.ވެލި ބޭލުމަށް ހަމަޖެހިފައިވަނީ ބަނދަރުގެ ދެކުނު ތޮށިގަޑު ކަމަށާއި ، އަދި މި ނޫންތަނަކަށް ވެލި ބާލާ ފަރާތްތައް -/500 ރ ޖޫރިމަނާ ކުރެވޭނެ ކަން އެންގުމަށް އިޢުލާން ކުރުމާއި އަދި މިކަން ބަލަމުން ގެންދިއުމަށް ނިންމުނެވެ

އެޖެންޑާ އައިޓަމް 4

ވިޔަފާރި ބިންތަށް ކުއްޔަށް ދީފައިވާ ފަރާތްތަކުން ބިން ސާފުކޮށް ބަލަހައްޓަމުން ނުދާތީ އެ ފަރާތްތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

1 މަސްދުވަސްތެރޭގައި ސާފުކުރުމަށް އެންގުމަށާއި އަދި މި މުއްދަތުގެ ތެރޭގައި ސާފުކުރަމުން ނުދާނަމަ -/500 ރ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ކައުންސިލް އިދާރާގެ އާ އިމާރާތާއި ކޯޓްގެ އާ އިމާރާތް އަޅާނެ ބިން ކަނޑައެޅުމާއި މެދު މަޝްވަރާކުރުމާއި އަދި ކުރިން ބިންތަށް ކަނޑައެޅުމަސް ނިންމާފައިވާ ނިންމުމަށް މބަދަލުކުރުމާއި މެދު މަޝްވަރާކުރުން.

ކޯޓް އެޅުމަށް ސްޓަޓިކް ކުރިމަތީގައި އޮތް ބިން، ކައުންސިލްގެ އިދާރާ މިހާރު ކައުންސިލް ހުރި ބިމުގައި އެޅުމަށާއި މިއީ ރަށުގެ ވަރަށްގިނަ ރައްޔިތުންގެވެސް އެދޭގޮތް ކަމަށް ވާތީ، މިގޮތަށް މިބިންތަން ހަމަޖެއްސެވުމަށްފަހު ކަމާ ބެހޭ އިދާރާތަކަށް އެންގުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ސޫދާ ނާޒިމް ގޯއްޗާއި ވީ ފަޅީގައި ބޮޑު މަގުގައި ބަހައްޓާފައިވާ ގާހުނިތަކާއި ހިލަ ބަސްތާތައް ނެގުމަށް ސިޓީ ފޮނުވުން.

.ސޫދާ ނާޒިމް ގޯއްޗާއި ވީ ފަޅީގައި ބޮޑު މަގުގައި ބަހައްޓާފައިވާ ގާހުނިތަކާއި ހިލަ ބަސްތާތައް 15 ދުވަސް ތެރޭގައި ނެގުމަށް ސިޓީ ފޮނުވުމަށް ނިންމުނެވެ

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

ސިމާޙް އިބްރާޙިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަހުށަހެޅުމަށް