ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 31 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 31/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 19 އޮގަސްޓް 2025
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކުނީގެ ޚިދުމަތް ދެމުންދާގޮތް ރިވިއުކުރުން
.ކުނީގެ ޚިދުމަތް ދެމުންދާގޮތާއި މެދު ރައްޔިތުންގެ ފަރާތުން ކައުންސިލަށް ޝަކުވާލިބެމުން ދާތީވެ ގޭބިސީތަކަށް ގޮސް މަޢުލޫމާތު ސާފުކޮށް ދެންއަންނަ ޖަލްސާއެއްގައި ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ ނިންމުނެވެ
އެޖެންޑާ އައިޓަމް 4
ކައުންސިލް މުބާރާތް ބާއްވާ ސަރަޙައްދުގައި ގާޑިޔާ ބެހެއްޓުމަށް ހުއްދަ ދިނުމާއި މެދު މަޝްވަރާކޮށް އަގު ކަނޑައެޅުން.
"ކަނޑުހުޅުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާރ 2025 " ގައި ފުޓްސަލް ދަނޑާއި ، ވޮލީކޯޓް ސަރަޙައްދުގައި ގާނޑިޔާ ބެހެއްޓުމުގެ ފުރުސަތު ހުޅުވާލުމާއި އަދި ގާޑިޔާ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކަށެވެ. އަދި މިކަމަށް އަގު ހުށަހެޅުމުގެ އެންމެ ކުޑަ އަގަކީ -/500 ރުފިޔާ ކަމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 5
ފަހާގެ ރަޖިސްޓްރީ އެގޯތީގައި ހުރި މިންތަކާއި އެއްގޮތަށް ހެދުމާއި މެދު ގޮތެއް ނިންމުން.
ފަހާގެ ރަޖިސްޓްރީ އެގޯތީގައި ހުރި މިންތަކާއި އެއްގޮތަށް ރަޖިސްޓްރީ ހެދުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 6
ކައުންސިލް އާއިމާރާތް އެޅުމަށް ބިން ދެންކުން.
ކައުންސިލް އިމާރާތް އެޅުމަށް ކަންސިލްގެ އިމާރާތް ހުރި ބިމުގެ ހުސްތަނުގެ މިން ހަމަވާނަމަ އެ ބިމުގައި ކައުންސިލް އިމާރާތް އެޅުމަށް މިންފޮނުވުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 7
އާރްޑީ ސްޕޯޓްސް އިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
އާރްޑީ ސްޕޯޓްސް އިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ފުޓްސަލް ދަނޑުގެ ލައިޓްތަށް ކައުންސިލް ބަޖެޓް ހުރިވަރަކުން ލައިޓް ހޯދުމަށް ނިންމުނެވ
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ސިމާޙް އިބްރާޙިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަހުށަހެޅުމަށް