ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 37 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 37/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 01 އޮކްޓޯބަރ 2025
ޖަލްސާ ފެށި ގަޑި: 08:30
ޖަލްސާ ނިމުނު ގަޑި: 09:15
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ނައިބު ރައީސް އިބްރާހިމް ހުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 36 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 36 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
ގޯލްޑަން ފުޓްސަލް މުބާރާތާއި ގުޅިގެން މުޙައްމަދު އިޙްސާން 27 ސެޕްޓެމްބަރ 2025 ގައި ފޮނުވާފައިވާ ސިޓީއާއި ގުޅިގެން މަޝްވަރާކުރުން.
ގޯލްޑަން ފުޓްސަލް ޓީމް ރަޖިސްޓްރޭޝަން ފީ 8500/- ކައުންސިލުން ދެއްކުމަށް ހުށަހެޅުއްވިއެވެ.
ޤުރުޢާނާއި ބެހޭ މަރުކަޒުގެ ގޮއްޕެއް ގާއިމް ކުރުމަށް ކަމާއި ބެހޭ އިދާރާއަށް ހުށަހެޅުމާއި މެދު މަޝްވަރާކުރުން.
ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމަށް ކަމާއިބެހޭ އިދާރާތަކަށް ސިޓީ ފޮނުވުމަށް ހުށަހެޅުންވިއެވެ.
ކަށުކަމާއި ކެމީގެ ޓްރެއިނިންގ ޕްރޮގްރާމެއް ބޭއްވުމާއި މެދު މަޝްވަރާކުރުން.
ކަށުކަމާއި ކެމީގެ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމަށް ގެންނަ ފަރާތުގެ ޓިކެޓު ފައިސާ ކައުންސިލުން ދިނުމަށް އަދި ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިގެން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވިއެވެ.
ސްކޫލްކުދިންނަށް ފުޓްސަލް މުބާރާތާއި ހޭންޑް ބޯލް މުބާރާތް ބޭއްވުމާއި މެދު މަޝްވަރާކުރުން.
ފުޓްސަލް މުބާރާތާއި ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކުދިން ނަން ނޯޓު ކުރުމަށް ފުރުސަތު ހުޅުވާލުމަށް ހުށަހެޅުއްވިއެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އިބްރާޙިމް ޙުސައިން
ސިމާޙް އިބްރާޙިމް
އައްބާސާ މުޙައްމަހުށަހެޅުމަށް
ފާތިމަތު ހުދާ