2025 ވަނަ އަހަރުގެ 38 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 38 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 38/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   07 އޮކްޓޯބަރ 2025

ޖަލްސާ ފެށި ގަޑި:     08:30 

ޖަލްސާ ނިމުނު ގަޑި:   09:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 37 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 37 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ކޯރު ސަރަޙައްދުގައި ޑިންގި ފަދަ އުޅަނދުތަކަށް ނުވަދެވޭގޮތަށް ފެންސް ޖެހުމާއި މެދު މަޝްވަރާކުރުން.

ކޯރު ސަރަޙައްދުގައި ޑިންގީ ފަދަ އުޅަދުތަށް އަރުވާ ސަރަޙައްދުތަކުގައި އުޅަނދުތަކަށް ނުވަދެވޭގޮތަށް 3 ފޫޓްގެ އުސްމިނަކަށް ފެންސްޖެހުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

އަލަށް ދީފައިވާ ގޯތި ތަކުގެ ތެރެއިން އިބްރާޙިމް ސައީދު ގޯތީގެ ބުލޮކްގައިވާ ގޯތިތަކުގެ މިންތަށް ރަގަނޅު ކުރުމާއި މެދު މަޝްވަރާކުރުން.

އަލަށް ދީފައިވާ ގޯތި ތަކުގެ ތެރެއިން އިބްރާޙިމް ސައީދު ގޯތީގެ ބުލޮކްގައިވާ ގޯތިތަކުގެ މިންތަށް ރަގަނޅު ކުރުމަށް އެގޮތިތަށް މިން އެޅޭގޮތަށް ސާފުކުރުމަށް ފަހު އަލުން މިންއެޅުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ބަނދަރުގައި އަޅާފައިވާ އޮޑިދޯނިފަހަރުތަކުގައި ބިދޭސީން ފެންވާރާތީ އެކަމާއި މެދު ގޮތެއް ނިންމުން.

ބަނދަރުގައި އަޅާފައިވާ އޮޑިދޯނިފަހަރުތަކުގައި ބިދޭސީން އާންމުނަށް ފެންނަ ގޮތަށް ފެންވަރަމުން ދާތީވެ، މިކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތިވެ، މިކަށް ހުއްޓުވުމުގެ ގޮތުން އާންމުނަށް ފެންނަގޮތަށް ޕޯސްޓެއް ހެދުމަށް ފަހު ކައުންސިލް ވައިބަރ ކޮމިއުނިޓީ ގްރޫޕައް ލުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާޙިމް ޙުސައިން

ސިމާޙް އިބްރާޙިމް

އައްބާސާ މުޙައްމަހުށަހެޅުމަށް

ފާތިމަތު ހުދާ