ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 39 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 39/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 14 އޮކްޓޯބަރ 2025
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ނައިބް ރައީސް އިބްރާހިމް ހުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 38 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 38 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލް ޖޫނިއަރ ވޮލީ މުބާރާތް ބޭއްވުމަށް ނިންމާފައިވާ ނިންމުން ރިވިއުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް ޖޫނިއަރ ވޮލީ މުބާރާތް ބޭއްވުމަށް ނިންމާފައިވާ ނިންމުން ރިވިއުކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ވޮލީ ކުޅެން ޝައުޤުވެރިވާ ކުދިންނަށް ވޮލީ ކެމްޕެއް ބޭއްވުމަށް ނިންމުނެވެ
އެޖެންޑާ އައިޓަމް 4
ކުލީ ބިންތަކަށް ފައިސާ ނުދައްކާ މައްސަލާއިގައި އަމަލުކުރަށްވީ ގޮތަކާއި މެދު މަޝްވަރާކުރުން.
ކުލީ ބިންތަކަށް ފައިސާ ނުދައްކާ ފަރާތްތަކު ތެރެއިން ނައުޝޫދު ވަހީދު އަށް ދީފައިވާ ކުލީ ބިމުގެ ފައިސާ ދައްކާފައި ނުވާތީ 1 މަސް ތެރޭ ފައިސާ ދެއްކުމާއި، އަދި 1 މަސް ތެރޭ ފައިސާ ނުދައްކާއިފިނަމަ ބިންނެގޭނެކަމަށް ނައުޝޫދު ވަހީދުއަށް ނޯޓިސްއެއް ފޮނުވުމާއި، އަދި އައިޝަތު ސަމާ އަބުދުﷲ އަށް ދީފައިވާ ކުލީ ބިމުގެ ފައިސާ ދައްކާފައި ނުވާތީއާއި އަދި އެ ބިމުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ މިއަދު ފެށިގެން 1 މަސް ދުވަސްތެރޭ ފައިސާ ދެއްކުމާއި އަދި މިއަދު ފެށިގެން ކުލީ ބިން ބާތިލް ކުރެވިފައިވާ ކަމަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ވިޔަފާރި ބިންތަށް ސާފުނުކުރާ ފަރާތްކަށް 30 ދުވަހުގެ ނޯޓިސްއެއް ފޮނުވުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ވިޔާފާރި ބިންތަކުގެ ތެރެއިން މުފީދު އަލީއަށް ދީފައިވާ ވިޔަފާރި ބިން އެއްވެސް ގޮތަކަށް ސާފުކޮށްފައިނުވާތީވެ، އެއްމަސް ދުވަސްތެރޭ ސާފުކުރުމާއި 1 މަސް ތެރޭ ސާފުނުކުރާނަމަ ބިން ނެގޭނެކަމަށް ނޯޓިސްއެއް ފޮނުވުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އިބްރާޙިމް ޙުސައިން
ސިމާޙް އިބްރާޙިމް
އައްބާސާ މުޙައްމަހުށަހެޅުމަށް
ފާތިމަތު ހުދާ