2025 ވަނަ އަހަރުގެ 40 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       40 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 40/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   21 އޮކްޓޯބަރ 2025

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފު)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ސިއްޙީމަރުކަޒު ނަންބަރ P10-HC/414/2025/31  ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ސިއްޙީމަރުކަޒު އިން އެދިފައިވާ ގޮތަށް ސިއްޙީމަރުކަޒުގެ މަގު ފެންބޮޑުވާ މައްސަލައަށް އަވަސްހައްލެއް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެއްދިއުމަށް ނިންމުނެވެއެވެ.

އެޖެންޑާ އައިޓަމް 4

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ ނަންބަރ 142-C1/2025/8  ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

އިސްލާމމީކަންތައްތަކާ ބެހޭ ވުޒާރާއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ "ރިސާލަތު" ޕްރޮގްރާމް "ނާމާދު މަތިވެރިކުރުން" ޕްރޮގްރަމް ކުރިއަށް ގެންދިއުމަށް އަންނަ ބޭފުޅުންގެ އެކަމަޑޭޝަން ކަންތަށްތަށް ކައުންސިލް ބަޖެޓްއިން ކުރުމަށް ނިންމުނެވެއެވެ.

އެޖެންޑާ އައިޓަމް 5

ކައުންސިލް މުވައްޒަފުން ގޮވައިގެން ތަޖްރިބާ ދަތުރެއް ކުރުމާއި މެދު މަޝްވަރާކުރުން.

ކައުންސިލް މުވައްޒަފުން ގޮވައިގެން ތަޖްރިބާ ދަތުރު ކުރުމާއި މެދު މަޝްވަރާކޮށްވަނީ މިއަހަރު ނިންމެއް ކައިރިވެފައިވާތީ ކުރަށް ރޭވިފައިވާ ހަރަކާތްތައް ހުރުމާއި ގުޅިގެން ތަޖްރިބާ ދަތުރު މިއަންނަ އަހަރު ކުރީކޮޅުގައި ކުރުމާއި ނިންމުނެވެއެވެ.

އެޖެންޑާ އައިޓަމް 6

ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން އިނގިރޭސީ ދަސްކޮށްދޭ ޕްރޮގުރާމެއް ހިންގުމާއި މެދު މަޝްވަރާކުރުން.

ބެލެނެވެރިންނަށް ޚާއްސަކޮށްގެން އިނގިރޭސީ ދަސްކޮށްދޭ ޓްރައިނިންގް ޕްރޮގުރާމެއް ހިންގުމާއި މެދު މަޝްވަރާކޮށްވަނީ އިނގިރޭސީ ދަސްކޮށްދޭ ޓްރައިނިންގް ޕްރޮގުރާމް 10 ނޮވެމްބަރ 2025 އިން 10 ޑިސެމްބަރ 2025 އަށް ކުރިއަށް ގެންދިއުމާއި، އަދި މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަށް ހޯދުމަށް އިއުލާން ކުރުމަށް ނިންމުނެވެއެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤ އަފީފް

އިބްރާޙިމް ޙުސައިން

ސިމާޙް އިބްރާޙިމް

އައްބާސާ މުޙައްމަހުށަހެޅުމަށް

ފާތިމަތު ހުދާ