2025 ވަނަ އަހަރުގެ 41 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       41 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 41/2025/04       

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   28 އޮކްޓޯބަރ 2025

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފު)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 40 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 40 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ ނަންބަރ 88-WMPC/CIR/2025/51 ސަރކިއުލަރ ބެހޭގޮތުން މަޝްވަރާކުރުން.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ ނަންބަރ 88-WMPC/CIR/2025/51 ސަރކިއުލަރ ބެހޭގޮތުން މަޝްވަރާކުރާކޮށް ވަނީ 25 ނޮވެމްބަރުން 27 ނޮވެމްބަރު 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާގައި ރައީސް ބައިވެރިވުމާއި އަދި ރައީސްއަށް ބައިވެރި ނުވެވޭ ހާލަތުގައި ކައުންސިލް މެމްބަރު ސިމާޙް އިބްރާޙިމް ބައިވެރި ވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ވިޔަފާރިބިންނތަކަށް އެކިއެކި އެންގުންތައް އެންގުމުގެ އެގްރީމެންޓްގެ އިޖްރާއަތްތައް ފުރިހަމަކުރުން.

ވިޔަފާރިބިންނތަކަށް އެކިއެކި އެންގުންތައް އެންގުމުގެ އެގްރީމެންޓްގެ އިޖްރާއަތްތައް ފުރިހަމަ ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ޤުރުއާނާއި ބެހޭ ގޮތްޕެއް މިރަށުގައި ގާއިމުކުރުމަށް ފޮނުވާފައިވާ އެއްބަސްވުމުގައި ސޮއިކުރުން.

ޤުރުއާނާއި ބެހޭ ގޮތްޕެއް މިރަށުގައި ގާއިމުކުރުމަށް ފޮނުވާފައިވާ އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ވިޔަފާރި ބިން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ނާފިޒު ހުސެއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ވިޔަފާރި ބިން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ނާފިޒު ހުސެއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރާކޮށް ވަނީ ވިޔަފާރި ބިން އެހެން ސަރަޙައްދަކަށް ބަދަލުނުކުރެވޭނެ ކަމާއި ވިޔަފާރި ކައުންސިލުން ވިޔަފާރި ބިންތަކަށް އިޢުލާން ކުރުމުން އެއޮންނަ އުސޫލުގެ ދަށުން ޖެހޭނި ބިންތަކަށް ކުރިމަތި ލާންކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

އާބިދު އަބުދުﷲ އަށް ދީފައިވާ ދަނޑުބިމުގެ ޖޫރިމަނާ ފައިސާ މާފްކޮއްދެއްވުމަށް ފޮނުވާފައިވާ ސިޓީއާއި ބެހޭޣޮތުން މަޝްވަރާކުރުން.

އާބިދު އަބުދުﷲ އަށް ދީފައިވާ ދަނޑުބިމުގެ ޖޫރިމަނާ ފައިސާ މާފްކޮއްދެއްވުމަށް ފޮނުވާފައިވާ ސިޓީއާއި ބެހޭޣޮތުން މަޝްވަރާކުރާކުރުމުން ކައުންސިލް ރައީސް ވަނީ މިހާރު ދަނޑުބިންތަކަށް ހަދާފައިވާ އެގްރީމެންޓް ތަކުން މަހުންމަހަށް ފީނަގާނެ ގޮތް ބަދަލުކުރުމާއި މިގޮތުން މަހުންމަހަށް ދަންކަށްޖޭ ކުލި ޖެހިޖެހިގެން 3 މަހު ނުދައްކައިފިނަމަ ކުލި ބަލާއިގެނެވޭނީ ޖޫރިމަނާގޮތުގައި -/50 ރުފިޔާ އާއެކުގައި ކަމަށާއި، އަދި 3 މަސް ވަންދެން ކުލިނުދައްކައިފިނަމަ އެގްރީމެންޓް ބާޠިލް ކުރުމަށް 30 ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފެންނަކަމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާޙިމް ޙުސައިން

ސިމާޙް އިބްރާޙިމް

އައްބާސާ މުޙައްމަހުށަހެޅުމަށް

ފާތިމަތު ހުދާ