ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 42 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 42/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 04 ނޮވެމްބަރު 2025
ޖަލްސާ ފެށި ގަޑި: 08:30
ޖަލްސާ ނިމުނު ގަޑި: 09:30
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ނައިބް ރައީސް އިބްރާހިމް ޙުސެއިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 41 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 41 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޑިންގި ފަހަރު މަސައްކަތް ކުރުމަށް ކަރަންޓު ދިނުމުގެ ރޭޓް ކަނޑައެޅުމާއި މެދު މަޝްވަރާކުރުން.
ޑިންގި ފަހަރު މަސައްކަތް ކުރުމަށް ކަރަންޓު ދިނުމުގެ ރޭޓް ކަނޑައެޅުމާއި މެދު މަޝްވަރާކޮށް ވަނީ ޑިންގި ފަހަރުގެ މަސައްކަތް ކުރާ ރޭޓްއެއްގެ ގޮތުގައި ދުވާލަކަށް -/50 ރުފިޔާ ނެގުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ނައުޝޫދު ވަހީދުއަށް ދީފައިވާ ވިޔަފާރި ބިމުގެ އިތުރަށް ބޭނުންކުރާ ބިމުގެ ކުލި ނެގުމާއި މެދު މަޝްވަރާކުރުން.
ނައުޝޫދު ވަހީދުއަށް ދީފައިވާ ވިޔަފާރި ބިމުގެ އިތުރަށް ބޭނުންކުރާ ބިމުން ކޮންމެ މަހަކު -/500 ރުފިޔާ ނެގުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކައުންސިލް އާއިމާރާތް އެޅުމަށް ކުރިން ނިންމާފައިވާ ނިންމުން ރިވިއުކުރުމާއި މެދު މަޝްވަރާކުރުން.
ކައުންސިލް އާއިމާރާތް އެޅުމަށް ކުރިން ނިންމާފައިވާ ނިންމުން ރިވިއުކުރުމާއި މެދު މަޝްވަރާކޮން ވަނީ ކައުންސިލް އާ އިމާރާތް ކުރިން އެޅުމަށް ނިންމާފައިވަނީ މިހާރު ބޭނުން ކުރަމުންދާ ކައުންސިލް އިމާރާތް ހުރި ބިމުގައި ، ނަމަވެސް ކައުންސިލް އާ އިމާރާތް އެޅުމަށް އެތަނުން މިން ހަމަނުވާތީ މިހާރު ކައުންސިލްގެ އާ އިމާރާތް ކައުނި ޕާކް ޖެހިގެން އޮތް ހުސްބިމުގައި އެޅުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އިބްރާޙިމް ޙުސައިން
ސިމާޙް އިބްރާޙިމް
އައްބާސާ މުޙައްމަހުށަހެޅުމަށް