2025 ވަނަ އަހަރުގެ 43 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       43 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 43/2025/04       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   10 ނޮވެމްބަރު 2025

ޖަލްސާ ފެށި ގަޑި:     08:30 

ޖަލްސާ ނިމުނު ގަޑި:   09:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 42 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 42 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

މަމްސް އެއިޑް ނަންމަބރ MOMS-GOV-021-2025  ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުނަ  މަޝްވަރާކުރުން.

މަމްސް އެއިޑް ނަންމަބރ MOMS-GOV-021-2025  ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުނަ  މަޝްވަރާކުރާކޮށް ވަނީ މަމްސް އެއިޑް ފަރާތުން ޓްރައިނިން ޕްރޮގްރާމް ހިންގުމަށް އަންނަ ފަރާތްތަކަށް މިވަގުތު ކައުންސިލްއިން އެހީތެރިކަމެއް ފޯރުކޮށްދެވެން ނެއްކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ވިޔަފާރި ބިންތަކުގައި ކުރަން ކަނޑައަޅާފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރި ނުކުރުމަށް އެންގުމާއި މެދު މަޝްވަރާކުރުން.

ވިޔަފާރި ބިންތަކުގައި ކުރަން ކަނޑައަޅާފައިވާ ވިޔަފާރި ނޫން އެހެން ވިޔަފާރި އެބިންތަކުގައި ނުކުރުމަށް އެންގުމަށްޓަކައި އާންމު އިއުލާނެއް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

މިނިސްޓްރީ ތަކާއި ބައްދަލުކުރުމަށް މާލެއަށް ދިއުމާއި ބެހޭގޮތުން މަޝްވަރާކުރުމް.

މިރަށުގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އާއިމާރާތް އެޅުމަށް ނިންމާފައިވަނީ މިހާރު ބޭނުން ކުރަމުންދާ ކައުންސިލް އިމާރާތުގައި (މެޖިސްޓްރޭޓް ކޯޓު އިމާރާތާއި ވީބައި) އޮންނަ ހުސްބިމުގައިއެވެ. މި އިމާރާތް އެޅުމަށް ކުރަހާފައިވާ ކުރެހުމުގައިވާ ގޮތުން މިން ހަމަކުރެވެން އޮތީ ކޯޓު އިމާރާތުން 10 ފޫޓުގެ ބައެއް ހިމަނައިގެން ކަމަށްވާތީ މި އިދާރާ އެޅުމަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިވެ މަސައްކަތް ނުފެށި ލސްވަމުންދާތީވެ މިކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ޖުޑިޝަލް ސާރވިސްގ ކޮމިޝަނުގެ އިސްބޭފުޅުންނާއެކު އޮންލައިން މީޓިންގްއެއް ބޭއްވުމަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

ސިމާޙް އިބްރާޙިމް

އައްބާސާ މުޙައްމަހުށަހެޅުމަށް