ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 04 ވަނަ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       04 ވަނަ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ

 

ޖަލްސާ ބޭއްވިތަން:       ޙުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     12 ނޮވެމްބަރު 2025

ޖަލްސާ ފެށި ގަޑ:       11:00

ޖަލްސާ ނިމުނު ގަޑި:     11:30

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ޠާރިޤު އަފީފު)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ އާއިމާރާތާއި ބެހޭގޮތުން މަޝްވަރާކުރުން.

ކަންސިލްގެ އާއިމާރާތް އެޅުމަށް ނިންމާފައިވަނީ ކައުނި ޕާކް ޖެހިގެން އުތުރަށް އޮތް ހުސްބިމުގައި ނަމަވެސް ކައުންސިލް އާއިމާރާތް އެ ތަނުގައި އެޅުމަށް ރަށުގެ ގިނަ ރައްތިތުންގެ ކަންބޮޑުވުން ފާހަގަކޮށްފައި ވާތީ  ކައުންސިލުން ވަނީ ކަންސިލް އިމާރާތް މިހާރު ހުރި ބިމުގެ ހުސްޖާގައިގެ އާއިމާރާތް އެޅުމަށް ނިންމާފައެވެ. އެހެންނަމަވެސް ކުރެހުމުގައި ވާގޮތަށް އިމާރާތް އެޅެން އޮތީ ކައުންސިލް އިމާރާތުގައި ހުރި ކޯޓު އެހެން ތަނަކަށް ބަދަލުކުރުމުން ކަމަށްވާތީވެ، ކޯޓު އެހެންތަނަކަށް އަވަހަށް ބަދަލުކުރުމުގެ ގޮތުން ކައުންސިލުން ވަނީ ކައުންސިލް އިދާރާގެ އީ-ސެންޓާރާއި އަދި އީ ސެންޓާރާއި ޖެހިގެން ހުރި ބައި ކޯޓަށް ދިނުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އައްބާސާ މުހައްމަދު

ސިމާޙް އިބްރާޙިމް

އައްބާސާ މުޙައްމަހުށަހެޅުމަށް