ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 05 ވަނަ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       05 ވަނަ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ

 

ޖަލްސާ ބޭއްވިތަން:       ޙުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     19 ނޮވެމްބަރު 2025

ޖަލްސާ ފެށި ގަޑ:       13:30

ޖަލްސާ ނިމުނު ގަޑި:     14:00

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ޠާރިޤު އަފީފު)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ އާއިމާރާތް އެޅުމަށް ކޯޓު ބަދަލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

  ކައުންސިލްގެ އާއިމާރާތް އެޅުމަށް ނިންމާފައިވަނީ ކައުންސިލްގެ އިމާރާތުގެ ހުރި ކޯޓު ހިމަނައިގެން ހުސްޖާގައިގެ ކަމަށް ވާތީ،  ވީހާވެސް އަވަހަކަށް ކޯޓު އެހެންތަނަކަށް ބަދަލުކުރުމުގެ ގޮތުން ކައުންސިލުން ވަނީ ކޯޓު ވަގުތީގޮތުން ބަދަލުކުރުމަށާއި މިގޮތުން ކޯޓު ހިންގުމަށް ކައުންސިލްއިދާރާގެ ދެކުނު ކޮޅުގައި ހުރި މީޓިންގ ހޯލާއި އާއި ހޯލްޖެހިގެން ހުރި ބައި ދިނުމަށް ނިންމާފައެވެ. އެހެންކަމުން  ވޮލެންޓިއާރ ކޮށް ކޯޓު ބަދަލުކުރުމުގެ ޚަރަދު ހިމެނޭގޮތަށް މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމު އިޢުލާނެއް ކުރުމަށް ނިންމުނެވެ

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާހިމް ޙުސައިން

އައްބާސާ މުހައްމަދު

އައްބާސާ މުޙައްމަހުށަހެޅުމަށް