ހުހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 44 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 44/2025/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 18 ނޮވެމްބަރު 2025
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 43 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 43 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކަންމަތި ސްޕޯޓްސް ކުލަބު އިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ކަންމަތި ސްޕޯޓްސް ކުލަބު އިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ކައުންސިލް ފިއެސްޓާ 2025 ގެ ޗެމްޕިއަން ޓީމެއްގެ ގޮތުހައި "ރުއްގަޑާ" ކަނޑައަޅާފައިވާއިރު މިމުބާރާތުގެ ރަނަޕް ޓީމް ރަސްމީކޮށް އިޢުލާން ކޮށްފައިނުވާ ސަބަބާއި، އަދި ރަނަޕްޓީމަށް ދޭންޖެހޭ ފައިސާ ނުދެވި އިން ސަބަބު ޓީމްތަކުން ކަނބޮޑުވުން ފާހަގަ ކުރުމުން ދާތީވެ ކައުންސިލަށް ހާމަކޮށްދެއްވުމަށް އެދި އާރްޑީ ސްޕޯޓްސް ކުލަބަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިންސްޓްރޭޝަން ނަންބަރ198-E/414/2025/1 ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިންސްޓްރޭޝަން ނަންބަރ198-E/414/2025/1 ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރާކޮށްވަނީ ސިޓީގައި އެދިފައިވާގޮތަށް ކޯޓު ބަދަލުކުރުމަށް ގެންނަށް ޖެހޭ ބަދަލުތައް ކުރެހުމާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފް
ސިމާޙް އިބްރާޙިމް
އައްބާސާ މުޙައްމަހުށަހެޅުމަށް
ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް