2025 ވަނަ އަހަރުގެ 45 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ       45 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 45/2025/04       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   25 ނޮވެމްބަރު 2025

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   11:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 44 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 44 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ނައުޝޫދު ވަހީދުއަށް ދީފައިވާ ވިޔަފާރި ބުމުގެ ކުލިއާއި ޖޫރިމަނާ ފައިސާ ދެއްކުމަށް ފޮނުވާފައިވާ ނޯޓިސްއާއި އެއްގޮތަށް އަމަލު ކޮށްފައިނުވާތީ އެކަމާއި މެދު ގޮތެއް ނިންމުން.

ނައުޝޫދު ވަހީދުއަށް ދީފައިވާ ވިޔަފާރި ބުމުގެ ކުލިއާއި ޖޫރިމަނާ ފައިސާ ދެއްކުމަށް ފޮނުވާފައިވާ ނޯޓިސްއާއި އެއްގޮތަށް އަމަލު ކޮށްފައިނުވާތީ ކައުންސިލުން ވަނީ ނައުޝޫދު ވަހީދު އާއިއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހު ވަކި ގޮތަކަށް ނިންމުމަށް  ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

އިޖްތިމާޢީ މުވައްޒަފުންގެ މުސާރާ ބޮޑޫކުރުމާއި މެދު މަޝްވަރާކުރުން.

އިޖްތިމާޢީ މުވައްޒަފުންގެ މުސާރާ ބޮޑޫކުރުމާއި މެދު މަޝްވަރާކޮށްވަނީ މުސާރާ ބޮޑުކުރުމާއި ދޭތެރޭގައި ކައުންސިލުން ބަލަށްޖެހޭ ކަންތައްތައް ބެލުމާއި، އަދި ރަނގަޅަށް މަޝްވަރާކުރުމަށް ފަހު ދެންއަންނަށް ޖަލްސާއެއްގައި މިކަމާއިމެދު ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ރޯދަމަހު ތަރާވީސް ނަމާދު ކުރުމަށް ޚާފިޒަކު ގެނައުމާއި މެދު މަޝްވަރާކުރުން.

ރޯދަމަހު ތަރާވީސް ނަމާދު ކުރުމަށް ޚާފިޒަކު ގެނައުމާއި މެދު މަޝްވަރާކޮށްވަނީ ކޮންމެ އަހަރަކުވެސް ކުރަމުން އަންނަކަމަކަށް ވާތީވެ، އެ އޮންނަ އުސޫލުގެ ތެރެއިން ޚާފިޒަކު ގެނައުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ގޭބިސީތަކުން ކުނި ނެގުމަށް ހާވާލުކޮށްފައިވާ ކޮންޓްރެކްޓް ޑިސެމްބަރުގެ ނިޔަލަށް މުއްދަތު ހަމަވާތީ އެކަމާއިމެދު މަޝްވަރާކުރުން.

ގޭބިސީތަކުން ކުނި ނެގުމަށް ހާވާލުކޮށްފައިވާ ކޮންޓްރެކްޓް ޑިސެމްބަރުގެ ނިޔަލަށް މުއްދަތު ހަމަވާތީ އެކަމާއިމެދު މަޝްވަރާކުރާކޮށްވަނީ ގޭބިސީތަކުން ނަގާ ބަދިގެ ކުނި ނެގުމަށް އައުޓްސޯސް ކުރުމަށް އިޢުލާން ކުރުމާއި، އައުޓްސޯސް ކޮށްގެން ހޮވޭ ފަރާތްތަށް 6 މަހުގެ ކޮންޓްރެކްޓް ހެދުމާއި، އަދި މުސާރާއިގެ ގޮތުގައި 10،000 ރުފިޔާ އަށް ވުރެބޮޑު ނުވާގޮތަށް މުސާރާދިނުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

އަޝްރަފް އަބުދުﷲ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ކޯޓު ވަގުތީ ގޮތުން ބަދަލުކުރުމަށް ކުރަށްޖެހޭ ހުރިހާކަމެއް ވޮލެންޓިއާރ ކޮށް ކުރުމަށް ހަވާލުކުރާ އިރު ހަވާލުވާ ފަރާތާއި ހަދަންޖެހޭ އެއްބަސްވުމުގައި މަސައްކަތް ފަށާފައި މަސައްކަތް ނުނިމި ހުއްޓާލަށް ޖެހިންޖެނަމަ ޖޫރިމަނާ އެއްގެ ގޮތުގައި ކައުންސިލަށް 25،000 ރުފިޔާ ދަންކަށްޖެހޭނެ ކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ކޯޓު ވަގުތީގޮތުން ހިންގުމަށް ދީފައިވާ ތަނުގެ ކަރަންޓް ބިލާއި ބެހޭގޮތުން މަޝްވަރާކުރުން.

ކޯޓު ވަގުތީގޮތުން ހިންގުމަށް ކައުންސިލް އިދާރާގެ އުތުރަށް ހުރި މީޓިން ހޯލާއި، އަދި މީޓިން ހޯލާއި ޖެހިގެން ހުރިބައި  ކަރަންޓު ބިލް މިހާރު ކޯޓުގެ ކަރަންޓު ބިލަށް އަރާވަރު ކޮންމެ މަހަކު ކައުންސިލަށް ދައްކަށްޖެހޭނެކަމަށް އެންގުމަށް ޖުޑިޝަރީއަށް ސިޓީ ފޮނުވުމަށް  ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާހިމް ހުސައިން

އައްބާސާ މުޙައްމަހުށަހެޅުމަށް

ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް