ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 06 ވަނަ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ
ޖަލްސާ ބޭއްވިތަން: ޙުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 24 ނޮވެމްބަރު 2025
ޖަލްސާ ފެށި ގަޑ: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ޠާރިޤު އަފީފު)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލް އިމާރާތުގައި ހުރި ގަރާޖް އެހެންތަނަކަށް ބަދަލުކުރުމާއި މެދު މަޝްވަރާކުރުން.
ކައުންސިލް އިމާރާތުގައި ހުރި ގަރާޖް އެހެންތަނަކަށް ބަދަލުކުރުމާއި މެދު މަޝްވަރާކޮށްވަނީ ގަރާޖް ކުނި ކޮށްޓާއި ދިމާލަށް އޮތް ހުސްބިމަށް ބަދަލުކުރުމަށް ހުށަހެޅުންވިއެވެ.
އެޖެންޑާ އައިޓަމް 3
ކޯޓުގެ ޝަރީއަތްކުރާ ރޫމް އެކަނި ބަދަލުކުރުމާއި މެދު މަޝްވަރާކުރުން.
ކައުންސިލް އިދާރާގެ އާއިމާރާތުގެ މަސައްކަތް ކުރުމަށް އަވަހަށް ފެށުމަށް ކޯޓުގެ ޝަރީއަތްކުރާ ރޫމް އެކަނި ބަދަލުކުރުމަށް މިނިސްޓްރީ އޮފް ސިޓީސްއަށް ސިޓީ ފޮނުވުމަށް ހުށަހެޅުންވިއެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފް
އިބްރާހިމް ޙުސައިން
އައްބާސާ މުހައްމަދު
ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް