ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 01 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 1/2026/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 06 ޖެނުއަރީ 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 50ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2025ވަނަ އަހަރުގެ50 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
މަދިރީގެ ޒަރިއްޔާއިންފެތުރޭ ބަލިތަކުން ސަލާމަތްވުމަށް ރަށު ތެރެ ސާފުކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ދުވަހެއް ކަނޑައެޅުން.
މަދިރީގެ ޒަރިއްޔާއިންފެތުރޭ ބަލިތަކުން ސަލާމަތްވުމަށް ރަށު ތެރެ ސާފުކުރުމުގެ ޕްރޮގުރާމެއް ހިންގުމަށްޓަކައި މުވައްސަސާތަކާއި އެކު މަޝްވަރާބައްދަލުވުމެއް ބޭއްވުމަށް ވަނީނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ނައުޝޫދު ވަހީދުއަށް ދީފައިވާ ވިޔަފާރިބިމުގެ ސަރަޙައްދު ސާފު ނުކުރާތީ އެކަމާއިމެދު މަޝްވަރާކުރުން.
ނައުޝޫދު ވަހީދުއަށް ދީފައިވާ ވިޔަފާރިބިމުގެ ސަރަޙައްދު ސާފު ނުކުރާތީ ނައުޝޫދު ވަހީދު އާއި ބައްދަލުކޮށް ވަކިގޮތެއް ނިންމުމަށް ވަނީނިންމުނެވ.
އެޖެންޑާ އައިޓަމް 5
މީހުން ދިރިނޫޅޭ ފަޅުގޯތިތަކުގެ ތެރެއިން ސާފުނުކުރާ ގޯތިތަކާއި މެދު ގޮތެއް ނިންމުން
މީހުން ދިރިނޫޅޭ ފަޅުގޯތިތަކުގެ ތެރެއިން ސާފުނުކުރާ ގޯތިތަށް ޖޫރިމަނާ ކުރެވޭނެކަމަށް ގޯތިތަކުގެ ވެރިންނަށް ސިޓީ ފޮނުވުމަށް ވަނީ ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
މިއިދާރާގައި އޮނިގަނޑުގައިވާ މަޤާމުތަކުގެ މުވައްޒަފުންގެ މަސްޢޫލިއްޔަތު ބަދަލުކުރުމާއި ގުޅެގޮތުން މަޝްވަރާކުރުން.
މިއިދާރާގައި އޮނިގަޑުގައިވާ މަޤާމުތަކުގެ ތެރެއިން J-422950 މަޤާމް ESMS ޔުނިޓް އަށް ބަދަލުކުރުން އަދި މިއިދާރާގެ އޮނިގަނޑުގައިވާ މަޤާމުތަކުގެ ތެރެއިން J-422949 މަޤާމުތަކުގެ ތެރެއިން މުވައްޒަފް ކޯޕަރޭޓިވް އެފެއާރޒް ޔުނިޓަށް ބަދަލުކުރުމަށް ވަނީ ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފް
އިބްރާޙިމް ޙުސައިން
އައްބާސާ މުޙައްމަދު