2026 ވަނަ އަހަރުގެ 02 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       02 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 2/2026/04       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   13 ޖެނުއަރީ 2026

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   11:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026ވަނަ އަހަރުގެ 01 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026ވަނަ އަހަރުގެ01 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

މަގުމަތީގައި ހުރި ނަރުދަމާގެ ޖަންގުޝަންތަކުގެ ސަބަބުން އާންމުނަށް ގެންލުންވާތީ ޖަންގުޝަންތަށް ލެވެލް ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މަގުމަތީގައި ހުރި ނަރުދަމާގެ ޖަންގުޝަންތަކުގެ ސަބަބުން އާންމުނަށް ގެންލުންވަމުންދާތި މިހާރުން މިހާރަށް ލެވެލް ކުރަށްޖެހޭ ޖަންގުޝަންތަށް ލެވެލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރުމަށް މާލެ ދިއުމާއި މެދު ގޮތެއް ނިންމުން.

ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރުމަށް 31 ފެބުރުއަރީ 2025 އިން 5 ފެބްރުއަރީ 2026 އަށް މާލެ ދިއުމާއި، އަދި 4 ފެބްރުއަރީ 2026 އިން 7 ފެބުރުއަރީ 2026 އަށް އިދާރީ މުވަށްޒަފުން ގޮވައިގެން ތަޖްރިބާ ދަތުރު ލ.އަތޮޅު ގެ ރަށްތަށް ދިއުމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ވީ.އޭ.އެމް އެންޑް ކޮމްފެނީ ޕްރައިވެޓް ލިމިޓެޑް ނަންބަރު VAM-IEL/2025/049  ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ވީ.އޭ.އެމް އެންޑް ކޮމްފެނީ ޕްރައިވެޓް ލިމިޓެޑުން ފޮނުއްވާފައިވާ ނަންބަރު VAM-IEL/2025/049 ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، ރީސައިކަލް ކުރުމަށްޓަކައި ހުސްދަޅާއި، އެލުމިނިއަމް އަދި ޕްލާސްޓިކް ފަދަ ތަކެތި އެއްކުރުމުގެ ފުރުޞަތު ރަށުގެ ރައްޔިތުންނަށް ހުޅުވާލުމަށް އިޢުލާން ކުރުމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ކައުންސިލް އިދާރީ ސްޓްރަކްޗަރ އަށް ބަދަލުގެނައުން.

ބަނދަރު ބެލެހެއްޓުމާއި ރަށުތެރޭގައި ކައުންސިލުން އާއްމުކޮށްފައިވާ އުސޫލްތަކާއި ޚިލާފަށް ހިންގާ ބެލެހެއްޓުމުގެ މަސައްކަތުގެ ލެވެލްގެ 2 މުވައްޒަފަކު ސްޓްރެކްޗަރ އިތުރުކޮސް އަދި މިހާރު ފާސްކޮށްފައިވާ ސްޓްރެކްޗަރ ޔުނިޓް ހެޑުންގެ ގޮތުގައި 2 އ.އެގްޒެކްޓިވް ތިބޭގޮތަށް އިސްލާހް ކުރުމަށް ވަނީ ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާޙިމް ޙުސައިން

އައްބާސާ މުޙައްމަދު

ފާތިމްތު ހުދާ