2026 ވަނަ އަހަރުގެ 03 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       03 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 03/2026/04       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   20 ޖެނުއަރީ 2026

ޖަލްސާ ފެށި ގަޑި:     08:30 

ޖަލްސާ ނިމުނު ގަޑި:   09:15

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އިބްރާޙިމް ޙުސައިން)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 02 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ02 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ކައުންސިލް މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ކުންފުނިތަކުން ވެންޑަރ ރަޖިސްޓްރީ ވުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

ކައުންސިލް މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ކުންފުނިތަކުން ވެންޑަރ ރަޖިސްޓްރީ ވުމަށް ހުޅުވާލުމާއި، އަދި ވެންޑަރ ގައި ރަޖިސްޓްރީ ނުވާ ކުންފުނިތަކަށް ކައުންސިލް މަސައްކަތް ހަވާލު ނުކުރެވޭނެކަމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ބަނދަރު ސަރަޙައްދުއާއި އެހެންތަންތާގައި ބަހައްޓާފައިވާ ބެންޗް ތަކުގައި ވަރުނީސް ލުމާއި، އަދި މަސްކަނޑާތާގައި ހުރި ފެން އިސްކުރު ބަދަލުކުރުމާއި ގުޅެ ގޮތުން މަޝްވަރާކުރުން.

ބަނދަރު ސަރަޙައްދުގައި އާއި އެހެންތަންތާގައި ބަހައްޓާފައިވާ ބެންޗް ތަކުގައި ވަރުނީސް ލުމާއި، އަދި މަސްކަނޑާތާގައި ހުރި ފެން އިސްކުރުތައް ހަލާކުވެފައި ވާތީ މި މަސައްކަތްތަށް ކުރުމަށް ބޭނުންވާ ވަރުނީސް އަދި ފެން އިސްކޫރު ގަތުމަށް ވަނީ ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

ސިމާޙް އިބްރާޙިމް

އައްބާސާ މުޙައްމަދު