2026 ވަނަ އަހަރުގެ 04 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       04 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 04/2026/04       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   27 ޖެނުއަރީ 2026

ޖަލްސާ ފެށި ގަޑި:     11:00 

ޖަލްސާ ނިމުނު ގަޑި:   11:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް މެންބަރ އައްބާސާ މުޙައްމަދު)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 04 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ04 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ބަނދަރުގައި ތަކެތި ބެހެއްޓުމުގެ އުސޫލް ފާސްކުރުން.

 ބަނދަރުގައި ތަކެތި ބެހެއްޓުމުގެ އުސޫލް ފާސްކޮށް އާންމުނަށް ފެންނަގޮތަށް އުސޫލް އާންމުކުރުމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ސްޓާފުން ގޮވައިގެން ތަޖުރިބާ ދަތުރު ލ.އަތޮޅަށް ދިއުމަށް ނިންމާފައިވާތީ އެކަމާއި މެދު މަޝްވަރާކުރުން.

ކައުންސިލް އިދާރީ މުވައްޒަފުން ގޮވައިގެން ލ.އަތޮޅުގެ ރަށްތަކަށް ކުރުމަށް ހަމަޖެހިފައިވާ ތަޖްރިބާ ދަތުރު 03 ފެބްރުއަރީ 2026 އިން 05 ފެބުރުއަރީ 2026 އަށް ކުރުމަށް  ވަނީ ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ސިމާޙް އިބްރާޙިމް

އައްބާސާ މުޙައްމަދު

ފާތިމްތު ހުދާ