2026 ވަނަ އަހަރުގެ 05 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       05 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 05/2026/04       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   02 ފެބުރުއަރީ 2026

ޖަލްސާ ފެށި ގަޑި:     10:00

ޖަލްސާ ނިމުނު ގަޑި:   10:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރީޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 05 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ05 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ޒަމާރަތު އަޙްމަދު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ޒަމާރާތު އަޙްމަދު ފޮނުވާފައިވާ ސިޓީގައިވަނީ ކުރިން ގޯތި ދީބާޠިލްވެފައިވާ ގޯތިތަކުގެ ތެރެއިން ގޯއްޗަކަށް ބަދަލުކުރުމަށް ނަމަވެސް އެގޮތަށް ގޯތި ބަދަލު ކުރުމުން އާންމުގެ ތެރެއިން މައްސަލައެއް އުފެދިދާނެތީވެ، އެގޮތަށް ގޯތި ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާއިލުމަށް އިޢުލާނެއް ކުރުމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ރަށުގެ ގޭތަކުގައި ކައުންސިލް ޚަރަދުގައި ނަންބޯޑުތަށް ހެދުމާއި ، ނަންބޯޑުތަށް ހަރުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން

ރަށުގެ ގޭތަކުގައި ކައުންސިލް ޚަރަދުގައި ނަންބޯޑުތަށް ހެދުމާއި ، ނަންބޯޑުތަށް ހަރުކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ނަންބޯޑުތަށް ހަދައި ހަރުކުރުމަށް އިދާރީގޮތުން ބަލަށްޖެހޭ ކަންތަންތަށް ބެލުމަށް ފަހު ދެންއަންނަ ޖަލްސާއަށް އެޖެންޑާ ކުރުމަށް ވަނީނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ރޯދަ މަހު ކުނި ފީ ރައްޔިތުންނަށް މާފުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ރޯދަމަހު ކުނި ފީ ރައްޔިތުންނަށް މާފުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެޖެންޑާ އައިޓަމް 6

ރޯދަމަހާއި ގުޅިގެން ގޭގެއިން ނަގާލެވޭ ބާމުސްހަފްތަށް ނަގާއި ނައްތާލުމަށް އިޢުލާނެއް ކުރުމާއި މެދު މަޝްވަރާކުރުން.

ރޯދަމަހާއި ގުޅިގެން ގޭގެއިން ނަގާލެވޭ ބާމުސްހަފްތަށް ނަގާއި ނައްތާލުމަށް އިޢުލާނެއް ކުރުމާއި މެދު މަޝްވަރާކޮށް ވަނީ އެއޮންނަ އުސޫލުގެ ތެރެއިން ބާ މުސްހަފްތަށް ނެގުމަށް އިޢުލާނެއް ކުރުމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

އާސާރި ޕޮޓޯތަށް ހޯދާއި ފައިލްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން

އާސާރި ޕޮޓޯތަށް ހޯދާއި ފައިލްކުރުމާއި ބެހޭގޮތުން މަޝްވަރާކުރާކޮށްވަނީ ރަށުގެ ތާރީހީ ފޮޓޯތަކާއި މަޢުލޫމާތު ހޯދުމަށް އިޢުލާނެއްކުރުމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 8

ކައުންސިލުން ކުރާ ތަޖްރިބާ ދަތުރުގައި މުވައްސަސާތަށް ބައިވެރިކުރުމާއި މެދު މަޝްވަރާކުރުން.

ކައުންސިލުން ކުރާ ތަޖްރިބާ ދަތުރުގައި މުވައްސަސާތަށް ބައިވެރިކުރުމާއި މެދު މަޝްވަރާކޮށް ވަނީ ކައުންސިލް ތަޖްރިބާ ދަތުރަކީ ކައުންސިލް އިދާރީ މުވައްޒަފުން ގޮވައިގެން ކުރުމަށް ރާވާފައިވާ ދަތުރަކަށް ވާތީ މުވައްސަސާތަށް ބައިވެރި ނުކުރުމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 9

ކައުންސިލް ޤްރުއާން މުބާރާތާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލް ޤްރުއާން މުބާރާތާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ކައުންސިލް ޤްރުއާން މުބާރާތް މިފަހަރު ސްކުރީން ބާއިގެން ކިޔަވުމާއި، ލައިވްކުރުމާއި އަދި ޤްރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރަށް ހުޅުވާއިލުމަށް ވަނީ ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާހިމް ހުަސައިން

ސިމާޙް އިބްރާޙިމް

އައްބާސާ މުޙައްމަދު

ފާތިމްތު ހުދާ