ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 08 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 08/2026/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 24 ފެބުރުއަރީ 2026
ޖަލްސާ ފެށި ގަޑި: 09:30
ޖަލްސާ ނިމުނު ގަޑި: 10:00
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރީޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 06 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 06 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޒުވާނުން އިސްނަގައިގެން ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތަށް އެހީ ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ބޮޑުމަގު އެސް.ސީ އިން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 2000 ފައިސާގެ އިނާމް ހޯދުމުގައި ކައުންސިލްގެ އެހީތެރިކަމަށް އެދިފައިވާތީ، ކައުންސިލުން ވަނީ ބޮޑުމަގު އެސް.ސީ އިން އެދިފައިވާ ގޮތަށް އެހީތެރިކަން ދިނުމަށް ހުށަހަޅާފައެވެ.
އެޖެންޑާ އައިޓަމް 4
ކައުންސިލް މުވައްޒަފުން ގޮވައިގެން ރޯދަ ވިއްލުމަކަށް ދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން
ކޮންމެ އަހަރަކުވެސް މުވައްޒަފުންނަށް ރޯދަ ވިއްލުމެއް ބާއްވަމުންދާތީ މިއަހަރުވެސް ރޯދަ ވިއްލުމަކަށް ގައްދުއަށް ދިއުމަށް ހުށަހަޅާފައެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ތާރިޤް އަފީފް
އިބްރާހިމް ހުަސައިން
ފާތިމްތު ހުދާ