2026 ވަނަ އަހަރުގެ 09 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       09 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 09/2026/04       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   03 މާރިޗް 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   12:00

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރީޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 08 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 08 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ކޭޑް ޖަމިއްޔާއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ކޭޑް ޖަމިއްޔާއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ސިޓީގައި އެދިފައިވާ ގޮތަށް ރިލީޒް ހޯދުމަށް މޯލްޑިވެސް ޕޯރޓްސް ލިމިޓެޑް އަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

221001 – 222001 ކޯޑު ބަދަލުކުރުން

221001 – 222001 ކޯޑު ބަދަލުކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ކޯރު ސަރަޙައްދަށް ވެލި އަޅާއި ލެވެލް ކުރުމާއި މެދު މަޝްވަރާކުރުން.

ކޯރު ސަރަޙައްދަށް ވެލި އަޅާއި ލެވެލް ކުރުމުގެ މަސައްކަތް ވީހާވެސް ހަވަހަކަށް ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ކައުންސިލް ރައީސް މާލެއަށް ދިއުމަށް ރިލީޒް ދިނުމާއި މެދު މަޝްވަރާކުރުން.

ކައުންސިލް ރައީސް މާލެއަށް ދިއުމަށް ރިލީޒް ދިނުމާއި މެދު މަޝްވަރާކުރާކޮށް ވަނީ ރިލީޒް ދިނުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

އިބްރާހިމް ހުަސައިން

ފާތިމްތު ހުދާ