2026 ވަނަ އަހަރުގެ 11 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       11 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 11/2026/04       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   31 މާރިޗް 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   11:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރީޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 10 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 10 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

1މެއި މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމާއި، ކައުންސިލާއި އ.ތ.މ ކޮމިޓީގެ ފެއާރވެލް އަދި ސްޓާފް ނައިޓް އެއްދުވަހެއްގައި ބޭއްވުމަށް ވަނީ ހުށަހަޅާފައެވެ.

އެޖެންޑާ އައިޓަމް 4

މޯލްޑިވެސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ނަންބަރު MTCC-CBA/414/2026/0001 ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

މޯލްޑިވެސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ މިރަށުގައި ލޭންޑް ރިކްލަމޭޝަން ޕްރޮޖެކްޓްގެ މަސައްކަތަށް ބޭނުންވާ ސައިޓް ސެޓަޕް ހެދުމަށް 15000 އަކަފޫޓްގެ ބިމެއް ހަމަޖެއްސެވުމަށް އެދިފައިވާތީ އެދިފައިވާ ގޮތަށް ބިމެއް ކަނޑައަޅައި ހަމަޖެއްސެވުމަށް ހުށަހަޅާފައެވެ.

އެޖެންޑާ އައިޓަމް 5

ބަޖެޓް ކޮންޓްރޯލް ފޯމުއާއި ބެހޭގޮތުން މަޝްވަރާކުރުން.

ބަޖެޓް ކޮންޓްރޯލް ފޯމުއާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ބަޖެޓް ކޯޑް 422003 އިން 223013 ބަދަލުކުރުމަށް ހުށަހަޅާފައެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ތާރިޤް އަފީފް

ސިމާޙް އިބްރާހިމް

އައްބާސާ މުޙައްމަދު

ފާތިމްތު ހުދާ