ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 13 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 13/2026/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 21 އެޕްރީލް 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ނައިބް ރައީސް އިބްރާހިމް ޙުސައިން )
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 12 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 12 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކުއްޔަށްދީފައިވާ ބިންތަކުން ކުލި ނެގުމަށް ހެދިފައިވާ އެއްބަސްވުންތަކުގައި ޖޫރުމަނާ ނެގުމަށް އެގްރީމެންޓް ތަކުގައި ހިމެނިފައިވާ ގޮތުގެ ސަބަބުން އެކަން ބެލެހެއްޓުމަށް އިދާރީ ގޮތުން ވަރަށްބޮޑެތި ދަތިތަކާއި ކުރިމަތި ވަމުންދާތީވެ ، އެކަމަށް ޙައްލެއް ގެނައުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ދެއްކުން ލަސްވާ ހާލަތްތަކުގައި، ޖޫރިމަނާގެ ގޮތުގައި ފުރަތަމަ މަހު 100 ރުފިޔާ އަދި އެއަށްފަހު އިތުރުވާ ކޮންމެ މަހަކަށް 50 ރުފިޔާ ނެގުމަށް ނިންމައި، އެއްބަސްވުންތަކަށް މި ބަދަލު ގެނައުމަށް ވަނީ ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ބޮޑު ޢީދު ފާހަގަ ކުރުމަށް ވާދެމުމުގެ މުބާރާތަކާއި މަސްރޭހެއް ބޭއްވުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
ބޮޑު ޢީދު ފާހަގަކުރުމުގެ ގޮތުން ވާދެމުމުގެ މުބާރާތަކާއި މަސްރޭހެއް ބޭއްވުމާ ގުޅޭގޮތުން، އަލަށް އިންތިޚާބުވި ކައުންސިލަރުންނާއެކު މަޝްވަރާކޮށް ވަކި ގޮތެއް ނިންމުމަށް ވަނީ ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އިބްރާހިމް ހުސައިން
ސިމާޙް އިބްރާހިމް
އައްބާސާ މުޙައްމަދު
ފާތިމްތު ހުދާ އަބްދުލް ޤައްޔޫމް