2026 ވަނަ އަހަރުގެ15 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       15 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 15/2026/04       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   05 މެއި 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   11:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ނައިބް ރައީސް އިބްރާހިމް ޙުސައިން )

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 14 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 14 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 އެޖެންޑާ އައިޓަމް 3

ކައުންސިލް 42 ވަނަ އާންމު ބައްދަލުވުމުގައި ވަނީ ނައުޝޫދު ވަހީދުއަށް ކެފޭ ހިންގުމަށް ދީފައިވާ ބިމުގެ އުތުރަށް އޮތް ހުސްބިން ބޭނުންކުރާނެ ގޮތަކާއި މެދު މަޝްވަރާކުރުން. 

ނައުޝޫދު ވަހީދުއަށް ކެފޭ ހިންގުމަށް ދީފައިވާ ބިމުގެ އުތުރަށް އޮތް ހުސްބިން ބޭނުންކުރާނަމަ އެތާގެ އެއްވެސް އިމާރާތެއް ނުކުރުމަށާއި ،އަދި އިމާރާތެއް ކޮށްފައިވާނަމަވެސް ކައުންސިލުން ބިން ބޭނުންވެއްޖެ ހާލަތެއްގައި ބިން ނެގޭނެކަމަށް ވަނީ ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ބެޖެޓް ކޮންޓްރޯލް ފޯމު ނަންބަރު 2026/1446/BC/028 އާއި ބެހޭގޮތުން މަޝްވަރާކުރުން.

ބެޖެޓް ކޮންޓްރޯލް ފޯމުގައިވާ ގޮތަށް އެއް ކޯޑު އަނެއް ކޯޑަށް ބަދަލުކުރުމަށް ވަނީ ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އިބްރާހިމް ހުސައިން

ސިމާޙް އިބްރާހިމް

އައްބާސާ މުޙައްމަދު

ފާތިމްތު ހުދާ އަބްދުލް ޤައްޔޫމް