ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 16 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 16/2026/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 12 މެއި 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް ތާރިޤް އަފީފް )
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 15 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 15 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ނައުޝޫދު ވަހީދު ފޮނުވާފައިވާ ސިޓީ ފިޔަފާރި ބިމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން.
ނައުޝާދު ވަހީދުއަށް ކެފޭ ހިންގުމަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ބިމުގެ އެއްބަސްވުން އާކުރެވޭނީ "ރޭންޖް ކެފޭ" އިން އިސްލާހުކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން ކަމަށް ނިންމުނެވެ.
މީގެ އިތުރުން، އެ ބިމަކީ ވަކި ޚާއްޞަ މަސައްކަތަކަށް (ކެފޭ ހިންގުމަށް) އެއް އިޢުލާނެއްގެ ދަށުން ދޫކޮށްފައިވާ ބިމަކަށްވާތީ، އެތަނުގައި އެހެން ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ދިނުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫންކަމަށް މެންބަރު ސިމާޙް އިބްރާހީމް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް މެންބަރު އައްބާސް މުޙައްމަދާއި މެންބަރު ފާތިމަތު ހުދާ ޢަބްދުލްޤައްޔޫމް ތާއީދުކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން ޤާނޫނީ ލަފައެއް ހޯދުމަށް ކައުންސިލްގެ ރައީސް ނިންމުނެވެ.
އެޖެންޑާ އައިޓަމް 3
ރަމީޒް އަލީ / މަތެރެސްމާގެ، ގއ.ދާންދޫ ފޮނުވާފައިވާ ޕްރޮޕޯސަލް އާއި ބެހޭގޮތުން މަޝްވަރާކުރުން.
މިއީ މި ދައުރުގެ އެންމެ ފަހު ބައްދަލުވުމަށް ވެފައި، މި ޖަލްސާގައި މިކަމާމެދު ވަކި ގޮތެއް ނިންމުމަށް ދަތިވާތީ، ހުށަހަޅާފައިވާ ޕްރޮޕޯސަލާ މެދު މަޝްވަރާކުރުން ދެން އަންނަ ދައުރެއްގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކުރުމަށް ވަނީ ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އިބްރާހިމް ހުސައިން
ސިމާޙް އިބްރާހިމް
އައްބާސާ މުޙައްމަދު
ފާތިމްތު ހުދާ އަބްދުލް ޤައްޔޫމް