ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 2 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       2 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 02/2026/05       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   19 މެއި 2026

ޖަލްސާ ފެށި ގަޑި:     11:00

ޖަލްސާ ނިމުނު ގަޑި:   11:30

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 2

މަސައްކަތް ތާވަލް/ބަޖެޓް ރިވިއުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މަސައްކަތު ތާވަލާއި ބަޖެޓުގައި ހިމެނިފައިވާ ކަންކަން ހުރިހާ މެންބަރުން ރަނގަޅަށް ދިރާސާކުރެއްވުމަށްފަހު، ކުރިއަށް އޮތް ޖަލްސާއެއްގައި ފާސްކުރުމަށް، ހުށަހަޅާފައެވެ.

އެޖެންޑާ އައިޓަމް 3

އިޖްތިމާއީ ސަރަޙައްދު ސާފުކުރުމަށް މުވައްޒަފުން ނެގުމަށް އިޢުލާންކުރުމާއި މެދު މަޝްވަރާކުރުން.

އިޖްތިމާއީ ސަރަޙައްދު ސާފުކުރުމަށް 5 މުވައްޒަފުން ނެގުމަށް އިޢުލާންކުރުމަށް ހުށަހަޅާފައެވެ.

އެޖެންޑާ އައިޓަމް 4

ޢީދު ހަދިޔާ ދިނުމާއި މެދު މަޝްވަރާކުރުން.

ޢީދު ހަދިޔާ ދިނުމަށްޓަކައި ކައުންސިލްގެ ބަޖެޓުން -/7,000 (ހަތްހާސް) ރުފިޔާއަށް ވުރެ އިތުރުނުވާނޭހެން ޚަރަދުކުރުމަށް، ހުށަހަޅާފައެވެ.

އެޖެންޑާ އައިޓަމް 5

އިޖްތިމާއީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމަށް އ.ތ.މ ކޮމިޓީ އާއި ހަވާލުކުރުމާއި މެދު މަޝްވަރާކުރުން.

އިޖްތިމާއީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ބެލެހެއްޓުމަށް އ.ތ.މ ކޮމިޓީ އާއި ހަވާލުކުރުމަށް ހުށަހަޅާފައެވެ.

އެޖެންޑާ އައިޓަމް 6

ކައުންސިލަރުންގެ މަސްއޫލިއްޔަތު ހަވާލުކުރުން

ކައުންސިލަރުންގެ މަސްއޫލިއްޔަތުތަށް ހަވާލުކުރެއްވުމަށް ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ޙަސަން ލަތީފް