ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 3 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ       3 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ

                    ނަންބަރު: 03/2026/05       

 

ޖަލްސާ ބޭއްވިތަން:      ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   2 ޖޫން 2026

ޖަލްސާ ފެށި ގަޑި:     13:00

ޖަލްސާ ނިމުނު ގަޑި:   13:45

ޖަލްސާ މެދުކަނޑާލެވުނު:     

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)

އެޖެނިންމި ކަންތައްތައް

ންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 02 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 02 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

އެޖެންޑާ އައިޓަމް 3

ކާނި ޕާކް ތަރައްޤީކުރުމާއި މެދު މަޝްވަރާކުރުން.

ކާނި ޕާކު ޒީނަތްތެރިކުރުމުގެ އަމަލީ މަސައްކަތް ފެށުމަށ ނިންމުނެވެ

އެޖެންޑާ އައިޓަމް 4

ބީޗް ވޮލީ ކޯޓެއް ހެދުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ބީޗް ވޮލީ ކޯޓެއް ހެދުމާއި މެދު މަޝްވަރާކޮށް ވަނީ ބީޗް ވޮލީ ކޯޓެއް އެޅުމަށް ނިންމުނެވެ

އެޖެންޑާ އައިޓަމް 5

ވޮލީ ކޭމްޕެއް ބޭއްވުމާއި މެދު މަޝްވަރާކުރުން.

ވޮލީ ކޭމްޕެއް ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމުނެވެ

 

އެޖެންޑާ އައިޓަމް 6

މިނިވަން ދުވަހުގެ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރުން.

މިނިވަން ދުވަހުގެ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ކައުންސިލް އިދާރާގެ މުވަށްޒަފުންނާއި، ރަށުގެ މުވައްސަސާތަކާއި ޖަމިއްޔާތަކާއި، އަދި ޒުވާނުންނާއި ބައްދަލުކުރުމަށް ފަހު ވަކި ގޮތެއް ނިންމުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

އޮޑިޓް ކުރުމާއި މެދު މަޝްވަރާކުރުން.

ކައުންސިލް 4 ވަނަ ދައުރުގެ ކޮންފައިވާ ކަންކަން އޮޑިޓް ކުރުމަށްއެދި އޮޑިޓް އޮފީހަށް ސިޓީ ފޮނުވުމަށް ނިންމުނެވެ

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

އަޙްމަދު ޝަހީމް

ފާތިމަތު ހައިފާ ޙުސައިން

ޙަސަން ލަތީފް