ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 4 ވަނަ އާންމު ބައްދަލުވުމުގެ ޔައުމިއްޔާ
ނަންބަރު: 04/2026/05
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 09 ޖޫން 2026
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 11:45
ޖަލްސާ މެދުކަނޑާލެވުނު:
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލް ރައީސް އަޙްމަދު ޝަޙީމް)
އެޖެނިންމި ކަންތައްތައް
ންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 03 ވަނަ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 05 ވަނަ ދައުރުގެ 2026 ވަނަ އަހަރުގެ 03 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލްގެ މުއްދަތު މިއަހަރުގެ ނިޔަލަށް ހަމަވާތީވެ، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތަރައްޤީޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއިމެދު މަޝްވަރާކުރުން.
ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލްގެ މުއްދަތު މިއަހަރުގެ ނިޔަލަށް ހަމަވާތީވެ، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އަމާޒުކޮށްގެން ތައްޔާރުކުރާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން ޖުލައި މަހުގެ ނިޔަލަށް ނިންމުމަށްޓަކައި، ރަށުގެ މުއައްސަސާތަކުގެ ލަފާ ހޯދުމަށް 21 ޖޫން 2026 ވާ އާދިއްތަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް މުއައްސަސާތަކަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ކުޑަކުދިންގެ ޕާކް މަރާމާތް ކުރުމާއި، އަދި ފާލަށް މަރާމާތް ކުރުމާއި މެދު މަޝްވަރާކުރުން.
ކުޑަކުދިންގެ ޕާކް މަރާމާތް ކުރުމާއި، އަދި ފާލަށް މަރާމާތް ކުރުމާއި މެދު މަޝްވަރާކޮށްވަނީ ކުޑަކުދިންގެ ޕާކްގެ މަރާމާތުގެ މަސައްކަތް މިހާރުވެސް ފެށުމާއި، އަދި ފާލަން މަރާމާތް ކުރުމުގެ މަސައްކަތް ރަށުގެ ރައްޔިތިންގެ ހިޔާލު ހޯދުމަށްފަހު ދެން އަންނަ ޖަލްސާއެއްގައި ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކޯރު ސަރަޙައްދުގައި ބެންޗް ބެހެއްޓުމާއި ކޯރުތެރޭގައި ހަޓްބެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކޯރު ސަރަޙައްދުގައި ބެންޗް ބެހެއްޓުމާއި ކޯރުތެރޭގައި ހަޓްބެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކޮށްވަނީ ރަށުގެ ރައްޔިތުންނާއި ކޯރު ތަރައްޤީކުރުމާއި ބެހޭގޮތުން ހިޔާލު ހޯދުމާއި، އަދި ތަރައްޤީ ޕްލޭން އެކުލަވާލުމަށްފަހު ކޯރު ތަރައްޤީކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ހިނަވާގެ ކައިރީގައި ވެއިޓިން އޭރިޔާއެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
ހިނަވާގެ ކައިރީގައި ވެއިޓިން އޭރިޔާއެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކޮށް ވަނީ ވެއިޓިން އޭރިޔާ ހުންނަށްވާ ގޮތުގެ ކުރެހުމާއި އަގު ހޯދުމަށްފަހު ދެން އަންނަ ޖަލްސާއަކުން ފާސްކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ރެހާގަޑާ އަދި ހުއްޓޭކޮޑާގައި ބޮޑެތި އިވެންޓުތަކަށް ކައުންސިލުން ހުއްދަ ހޯދަންޖެހޭގޮތައް އިޢުލާނެއް ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ރެހާގަޑާ އަދި ހުއްޓޭކޮޑާގައި ބޮޑެތި އިވެންޓުތަކަށް ކައުންސިލުން ހުއްދަ ހޯދަންޖެހޭގޮތައް އިޢުލާނެއް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދޭ ފެން ހިއްކާ ޕަންޕާއި އޭގެ އާލާތްތަކާ ހަވާލުވުމަށް ދާ ފަރާތުގެ އެކަމަޑޭޝަން ކައުންސިލް ބަޖެޓްއިން ކުރުމާއި މެދު މަޝްވަރާކުރުން.
ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދޭ ފެން ހިއްކާ ޕަންޕާއި އޭގެ އާލާތްތަކާ ހަވާލުވުމަށް ކައުންސިލްގެ ރައީސް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުގައި މާލެއަށް ދިއުމުގެ ޚަރަދު ކައުންސިލް ބަޖެޓްއިން ކުރުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އަޙްމަދު ޝަހީމް
ފާތިމަތު ހައިފާ ޙުސައިން
ޙަސަން ލަތީފް